ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފ. އަތޮޅާއި ދ. އަތޮޅުގައި އާރްޓީއެލް ފެރީގެ ޚިދުމަތް މާދަމާ ފަށަނީ

98

ފ. އަތޮޅާއި ދ. އަތޮޅުގައި އާރްޓީއެލް ފެރީގެ ޚިދުމަތް މާދަމާ ފަށަން ހަމަޖެހިފައި ވާކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީއިން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ވަނީ، ފ. އަދި ދ. އަތޮޅުގައި އާރްޓީއެލް ފެރީގެ ޚިދުމަތް މާދަމާ ރަސްމީކޮށް ފެށުމަށް ތައްޔާރުވެފައި ވާކަމަށެވެ. އަދި ފުރަތަމަ ހަފުތާގައި ކުރިއަށްދާނީ އާރްޓީއެލްގެ ޚިދުމަތަށް އެ ދެ އަތޮޅުގެ ރައްޔިތުން އަހުލުވެރިކުރުމުގެ ގޮތުން ކުރާ ހިލޭ ދަތުރުތައްކަން މިނިސްޓްރީން ބުންޏެވެ.

ފުރަތަމަ ހަފުތާއަށްފަހު، މި މަހުގެ 25 ވަނަ ދުވަހުން ފެށިގެން ދަތުރުތައް ކުރިއަށްގެންދާނީ ޓިކެޓު ނަގައިގެން ކަމަށެވެ.

ޓިކެޓު ނެގުމަށް ބޭނުންވާ ކަސްޓަމަރުންނަށް، އާރްޓީއެލްގެ ވެބްސައިޓާއި މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ފަސޭހަކަމާއެކު ޓިކެޓު ގަތުމުގެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. ފ. އަތޮޅާއި ދ. އަތޮޅުގައި މި ޚިދުމަތް ފެށުމުން، ޖުމްލަ 14 އަތޮޅަކަށް މި ޚިދުމަތް ފުޅާކުރެވުނީއެވެ.

އާރްޓީއެލްގެ ޚިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. އާރްޓީއެލް މަޝްރޫއަކީ މުޅި ރާއްޖެ ތިން ފިޔަވައްސަކަށާއި ހަ ޒޯންއަކަށް ބަހާލައިގެން ކުރިއަށްގެންދާ ގައުމީ ދަތުރުފަތުރުގެ މަޝްރޫއެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޓެކްސީ ލައިންގެ ޚިދުމަތް ފުރަތަމަ ހަފްތާގައި ހިލޭ

އައްޑޫގައިވެސް ސަރުކާރުން ޓެކްސީގެ ހިދުމަތް ފަށަނީ

HEzs5yfaYAAxrkX

މުލީ ސްކޫލްގައި 10 ކްލާސްރޫމް ޢިމާރަތްކުރުމަށް އެމްޓީސީސީއަށް

ބޮޑުތަކުރުފާނު މަގު: ފެނާއި ނަރުދަމާ ވިއުގަ އައު ކުރުމުގެ މަސައްކަތް ފަށައިފި