އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިސްވެ ހުންނަވައިގެން އުފައްދާފައިވާ “ބޯޑް އޮފް ޕީސް” އަށް ޔޫއޭއީ އާއި އެމެރިކާއިން ކޮންމެ ގައުމަކުން އެއް ބިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ދިނުމަށް ވައުދުވެފައިވާ ކަމަށް ނިއުޔޯކް ޓައިމްސް އިން ރިޕޯޓްކޮށްފިއެވެ.
ގާޒާގެ ހާލަތަށް ބަލާއިރު، ވޯލްޑް ބޭންކާއި އދ. އިން އަންދާޒާކުރާ ގޮތުގައި އެ ސަރަހައްދު އަލުން އާރާސްތުކުރުމަށް 50 ބިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ބޭނުންވެއެވެ. ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި ގާޒާގެ އިމާރާތްތަކުގެ 80 އިންސައްތައަށްވުރެ ގިނަ ތަންތަން ވަނީ ސުންނާފަތިވެފައެވެ. ޔޫއޭއީ އިން މިހާރުވެސް ދަނީ ގާޒާގެ ދެކުނުގައިވާ ރަފަހްގައި 20،000 މީހުންނަށް އުޅެވޭނެ ވަގުތީ ބޯހިޔާވަހިކަން ގާއިމުކުރުމުގެ މަސައްކަތް ކުރަމުންނެވެ.
ޓްރަމްޕްގެ މި އިސްނެގުމަށް ބައެއް ގައުމުތަކުގެ ތާއީދު އޮތް ނަމަވެސް، ވިލާތުގެ ބައެއް ގައުމުތަކުން ވަނީ މިކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. ބައެއް ފަރާތްތަކުން ދެކޭގޮތުގައި މިއީ އދ. އާ ވާދަވެރި އިދާރާއެއްގެ ގޮތުގައި ހަރަކާތްތެރިވާނެ ބޯޑެކެވެ. މީގެ އިތުރުން، ހަމާސް ޖަމާއަތުން ހަތިޔާރު އެޅުން ހުއްޓާނުލަނީސް އިސްރާއީލުން ގާޒާ އާރާސްތުކުރުމުގެ ހުއްދަ ދޭނެތޯ ވެސް ވަނީ ސުވާލު އުފެދިފައެވެ.
ކިޔުންތެރިންގެ ހިޔާލު