ކުއްލި ޚަބަރު

ފިލްމީ ތަރި ނިމާލު ނިޔާވެއްޖެ

ނަވީން 32 އަހަރު ފުލުހުންގެ މުއައްސަސާއަށް ކުރެއްވި ޚިދުމަތުގެ އަގުވަޒަންކޮށްފި

ވައިނުސާފުވުމުގެ މައްސަލައިގައި ގެއްލުން ކުޑަކުރަން މަސައްކަތްތަކެއް ދަނީ ކުރަމުން: ފޮރިން މިނިސްޓްރީ

އެންމެ ބޮޑު އިސްކަމެއް ދެއްވަނީ މަޝްރޫޢުތައް ހުއްޓުމެއްނެތި ކުރިއަށްގެންދިއުމަށް: މަތީން

mwsc matheen

އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ނަރުދަމާގެ ހުރިހާ މަޝްރޫޢެއްގެ މަސައްކަތް މިއަހަރު ނިންމާލުމަށް މަސައްކަތްކުރަމުންދާކަމަށް އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލްމަތީން މުޙައްމަދު ވިދާޅުވެއްޖެއެވެ.

އެމްޑަބްލިޔުއެސްސީން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލްމަތީން މުޙައްމަދު ވިދާޅުވީ، ފެނާއި ނަރުދަމާގެ 27 މަޝްރޫޢެއްގެ މަސައްކަތް އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށްފައިވާކަމަށެވެ.

އަދި އޭގެތެރެއިން ގިނަ މަޝްރޫޢުތަކަކީ ކުރިން ފަށާފަ ހުއްޓިފަ ހުރި މަޝްރޫޢުތަކެއްކަން ފާހަގަކުރައްވާ މަތީން ވިދާޅުވީ، އެ ކުންފުނިން އެންމެ ބޮޑު އިސްކަމެއް ދެއްވަނީ މަޝްރޫޢުތަކުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްގެންދިއުމަށްކަމަށެވެ.

މަތީން ވިދާޅުވީ އެ ކުންފުނީގެ އަމާޒަކީ، އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ހުރިހާ މަޝްރޫޢެއްގެ މަސައްކަތް މިއަހަރުތެރޭ އެއްކޮށް ނިންމާލުންކަމަށެވެ.

“މިހާރު ފެނާއި ނަރުދަމާގެ 27 އަޅުގަނޑުމެން އެމްޑަބްލިޔުއެސްސީން ކުރިއަށްއެބަ ގެންދަން. އޭގެތެރެއިން ގިނަ މަޝްރޫޢުތަކަކީ ކުރިން ފަށާފަ ހުއްޓިފަ ހުރި މަޝްރޫޢުތައް. ޑަބްލިޔުއެސސީއާ ހަވާލުކުރައްވާފައިވާ ރަށްތައް ފަށައިގެން ކުރިއަށް މި ގެންދަނީ. އިރާދަކުރެއްވިއްޔާ ހުއްޓުމުއްނެތި މަސައްކަތްތައް ކުރިއަށް ގެންދާނަން. އަޅުގަނޑުމެންގެ އަމާޒަކީ އަޅުގަނޑުމެންނާ މިހާރު ހަވާލުކުރައްވާފައިވާ ހުރިހާ ނަރުދަމާގެ މަސައްކަތެއްވެސް މިއަހަރު ތެރޭގައި ނިންމުން.” މަތީން

އަތޮޅުތެރޭގެ ރަށްރަށުގައި މަޝްރޫޢުތައް ކުރިއަށްގެންދާއިރު ގިނަ ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭކަން މަތީން ފާހަގަކުރެއްވިއެވެ. މަސައްކަތްކުރާނެ މީހުން ހޯދުމުގައި ދަތިތަކާ ކުރިމަތިލާންޖެހޭކަން މަތީން ފާހަގަކުރެއްވިއެވެ.

“އެކި ރަށްރަށުގަ މަސައްކަތް ކުރާއިރު ބައެއް ރަށްރަށުހގަ އަޅުގަނޑުމެންނަށް ވަރަށް އުނދަގޫވާނެ މަސައްކަތް ކުރާނެ މީހުން ހޯދަން. އެކަހަލަ އެކި ގޮންޖެހުންތަކާއެކީގަ މަޝްރޫޢުތައް ކުރިއަށްމިގެންދަނީ. މިހާރުން ފަށައިގެން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނާ ހަވާލުކޮށްފަހުރި މަޝްރޫޢުތައް ނުހުއްޓި ކުރިއަށްގެންދާނަން” މަތީން

މަތީންގެ ވާހަކަފުޅުގައި، އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ހުރިހާ މަޝްރޫޢެއްގެ މަސައްކަތްވެސް ނުހުއްޓި ކުރިއަށްގެންދާނެކަން ތަކުރާރުކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މާފުށީގައި އައު ނަރުދަމާ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ފަށައިފި

މާފުށީގެ ދުވަސްވީ ނަރުދަމާ އަޕްގްރޭޑްކޮށް އަލަށް ހިއްކި ސަރަޙައްދުގައި ނަރުދަމާ އަޅަން ހަވާލުކޮށްފި

Qw

ވައިގެމަގުން ކުޑަހުވަދުއަށް މަސްތުވާތަކެތި ގެންދަން އުޅުނު މީހަކު ހައްޔަރުކޮށްފި

mwsc

ހުޅުމާލޭގައި ޤާއިމުކުރާ 5000 ޓަނުގެ އައު ފެން ޕްލާންޓް އަންނަ މަހު ޚިދުމަތް ދޭން ފެށޭނެ

TTH_advertisement