ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދޯނީގައި ރޯވުން: ފަސް މީހަކަށް ފަރުވާދެނީ، އެކަކު ވަނީ ވަރަށް ބޮޑަށް ފިހިފައި

66

މާލޭ ކައިރިން 15 މީހުންނާ އެކު ދަތުރުކުރި ދޯންޏެއްގައި އަލިފާން ރޯވެގެން މިއަދު ހިނގި ހާދިސާގައި ފަސް މީހަކަށް އަނިޔާވެގެން ފަރުވާދެމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

މި ހާދިސާ ހިނގީ މިއަދު މެންދުރު ފަހު 14:55 އެހާކަންހާއިރެވެ.

އެ ހާދިސާގައި ދޯނީގެ ބޮޑުބައި ވަނީ އަނދައިފައެވެ. އަނިޔާވި ބައެއް މީހުން މާލެ ގެނައީ ކުރުނބާ މޯލްޑިވްސް ރިސޯޓުގެ އުޅަނދެއްގައެވެ.

ފުލުހުން މިއަދު ބުނީ، އެ ހާދިސާގައި ޖުމުލަ ފަސް މީހަކަށް އަނިޔާވި ކަމަށެވެ. އެ އެންމެން ވެސް މާލެ ގެންގޮސް، ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ. އެއީ، ދެ ދިވެހީންނާއި ތިން ބިދޭސީންނެވެ.

އެނގިފައިވާގޮތުގައި މި ހާދިސާގައި އަނިޔާވި މީހުންގެ ތެރެއިން އެކަކު ވަރަށް ބޮޑަށް ވަނީ ފިހިފައެވެ..

ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އަަލިފާނުގެ ހާދިސާއާ ގުޅިގެން އިންތިޚާބަކަށް އަސަރެއް ނުކުރާނެ: އިލެކްޝަންސް

ހުޅުމާލޭ ގެއެއްގައި އަލިފާނުގެ ހާދިސާއެއް

hulhumale

ހުޅުމާލޭ އެޕާޓްމަންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

އަލިފާނުގެ ހާދިސާގައި ގެއްލުންވި އެޕާޓްމަންޓުތަކުގެ ނަރުދަމާ ހަފްތާއެއް ތެރޭ މަރާމާތުކުރަނީ