ކުއްލި ޚަބަރު

ގިރާވަރުފަޅު ހިއްކަނީ އެއްފަހަރާ ދެ ޑްރެޖަރު ބޭނުންކޮށްގެން: ރައީސް

15 އަހަރުގެ ކުއްޖަކު ގްރޫމްކޮށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި

ޓްރީޓޮޕް ހޮސްޕިޓަލްގެ މާލޭ ކްލިނިކުން އެންޑޮކްރިނޮލޮޖީގެ ހިދުމަތް ލިބޭ ގޮތް ހަމަޖައްސައިފި

ޗައިނާގެ ތަރައްޤީގެ މަންފާ ރާއްޖެއަށާއި ދުނިޔެއަށް ލިބޭނެ: ސަފީރު ކޮންގް

ޗައިނާއަށް ލިބެމުންދާ އިޤްތިޞާދީ އަދި ޒަމާނީ ކުރިއެރުމުގެ ހެޔޮ ނަތީޖާ ހަމައެކަނި އެ ޤައުމަށް ނޫންކަމަށާއި، އޭގެ ފައިދާ ދިވެހިރާއްޖެއާއި މުޅި ދުނިޔެއަށްވެސް ކުރާނެކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިއަންހުއާ ވިދާޅުވެއްޖެއެވެ.

ޗައިނާގެ އާ އަހަރު ފާހަގަކުރުމަށް ބާއްވާ “ސްޕްރިންގް ފެސްޓިވަލް” އަދި “އިޔާ އޮފް ދަ ހޯސް” ގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ސަފީރު ވަނީ، ޗައިނާގެ އިޤްތިޞާދު ހުޅުވާލެވިފައިވާ މިންވަރާއި، އެ ޤައުމުން ހޯދަމުންދާ ކާމިޔާބީތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. ސަފީރު ފާހަގަކުރެއްވި ގޮތުގައި ޗައިނާގެ ޖީޑީޕީ 20 ޓްރިލިއަން ޑޮލަރަށްވުރެ މައްޗަށް އަރައި، އަހަރަކު ފަސް އިންސައްތައިގެ ކުރިއެރުމެއް ހޯދަމުން ދިއުމަކީ ދުނިޔޭގެ އިޤްތިޞާދީ ހަމަޖެހުމަށް ލިބޭ ވަރަށް ބޮޑު ބާރެކެވެ. އަދި ޗައިނާގެ ފެންވަރު ރަނގަޅު ތަރައްޤީގެ ނަފާ އެހެން ޤައުމުތަކަށް ލިބި، އިންސާނިއްޔަތަށް ސުލްހައާއި ކުރިއެރުން ގެނުވައިދޭނެކަމަށް އޭނާ ވިދާޅުވިއެވެ.

ސަފީރުގެ ވާހަކަފުޅުގައި ރާއްޖެއާއި ޗައިނާގެ ގުޅުން ބަދަހިވެފައިވާ މިންވަރު ފާހަގަކުރައްވައި ވިދާޅުވީ، ޗައިނާގެ 15 ވަނަ ފަސް އަހަރުގެ ޕްލޭނާއި ދިވެހިރާއްޖޭގެ “ރެޒިލިއަންޓް މޯލްޑިވްސް 2045″ ގެ ތަސައްވުރާ ދެމެދު ވަރަށް ބޮޑު އެއްގޮތްކަމެއް އެބަހުރި ކަމަށެވެ. މިއީ ދެ ޤައުމުގެ ލީޑަރުންގެ މެދުގައި އޮތް ސިޔާސީ އިތުބާރުގެ ނަތީޖާކަމަށާއި، މި ދެ ޕްލޭންވެސް ބިނާވެފައިވަނީ ރައްޔިތުންގެ ލާބަޔާއި މަންފާއަށް އިސްކަންދީގެންކަން ސަފީރު ފާހަގަކުރެއްވިއެވެ.

މި ގުޅުމުގެ އަމަލީ ނަތީޖާ ފެންނަމުންދާކަން ހާމަކުރައްވަމުން، ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލާއި، މާލެ-ވިލިމާލެ މަގު ހެދުމުގެ މަޝްރޫޢުގެ އިތުރުން 50 ރަށެއްގައި ކައުންސިލް އިދާރާ އެޅުމުގެ މަޝްރޫޢުތަކަކީ ރާއްޖޭގެ ތަރައްޤީއަށް ޗައިނާއިން ދޭ އަހައްމިއްޔަތުކަން ރަމްޒުކޮށްދޭ ކަންކަން ކަމުގައި ސަފީރު ވިދާޅުވިއެވެ. މީގެއިތުރުން މިނިވަން ވިޔަފާރީގެ އެއްބަސްވުމާއި، މަސްވެރިކަމާއި ދަނޑުވެރިކަން ފަދަ ދާއިރާތަކުން ގުޅުން ބަދަހިކުރުމާއި، ފަތުރުވެރިކަމުގެ ދާއިރާއިން ޗައިނާއަކީ ރާއްޖޭގެ އެންމެ ބޮޑު މާކެޓުގެ ގޮތުގައި ދެމިއޮތްކަން އޭނާ ފާހަގަކުރެއްވިއެވެ. މިދިޔަ އަހަރު އެކަނިވެސް ޗައިނާގެ 320،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.

ވާހަކަފުޅު ނިންމަވާލައްވަމުން ސަފީރު ކޮންގް ވިދާޅުވީ، ޗައިނާއިން އަބަދުވެސް މަސައްކަތްކުރާނީ ވެފައިވާ ވަޢުދުތައް ފުއްދައި، ކަނޑައަޅާފައިވާ ތަސައްވުރާ އެއްގޮތަށް ކަންކަން ނިންމުމަށް ކަމަށެވެ. އަދި އުމްރާނީ ތަރައްޤީއަށްވުރެ ބޮޑަށް، ދެ ޤައުމުގެ ގުޅުމުގެ އަސްލު ބިންގަލަކީ ރައްޔިތުންގެ މެދުގައި އޮންނަ ގާތްކަން ކަމަށާއި، ރަށްރަށަށް ކުރެއްވި ދަތުރުތަކުގައި ދިވެހި ކުޑަކުދިންގެ ފަރާތުން ފެނުނު ހިނިތުންވުމަކީ ލިބިވަޑައިގެންނެވި އެންމެ ބޮޑު އުފާކަމުގައި ސަފީރު ސިފަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Image 20

ޗައިނާ އިން ރާއްޖެއަށް 85 މިލިއަން ޑޮލަރުގެ އެހީއެއް ދީފި

990

މިނިސްޓްރީތަކުގައި ރޯވެ ލިބުނު ގެއްލުމަށް ޗައިނާއިން 2.8 މިލިއަން ޑޮލަރުގެ އެހީ

Maldivian tourist arrival

ޗައިނާ ޓޫރިސްޓުންގެ އަދަދު 300،000 އަށް އަރައިފި

ޗައިނާއިން ރާއްޖެއަށް ފެންހިންދާ ޕަމްޕްތަކެއް ހަދިޔާކޮށްފި

TTH_advertisement