ކުއްލި ޚަބަރު

މޯލްޑިވްސް- ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވައިފި

ނާރުގެ ބަލިތަކަށް ފަރުވާދޭ ސެންޓަރެއް އައިޖީއެމްއެޗްގައި ހުޅުވައިފި

2 އިންތިޚާބު އެއްކޮށްލަން މަޖިލީހުން ފާސްކޮށްފި

މިއަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިން

tourist

މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިން، އަހަރުގެ މިހާތަނަށް ޖުމްލަ ރާއްޖެއަށް 3 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު %5.1 އިތުރު އަދަދެކެވެ. ތަފާތު ހިސާބުދައްކާ ގޮތުގައި ޗައިނާ އިން 39،132 ފަތުރުވެރިން ރާއްޖެއަށް ޒިޔާރައްކޮށްފައިވެއެވެ.

ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 9ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 303،488 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައިވަނީ 288،798 ފަތުރުވެރިންނެވެ. އެހެންކަމުން މިއީ %5.1 އިތުރު އަދަދެކެވެ.

އަހަރުގެ މިހާތަނަށް ރާއްޖެއަށް 3 ލައްކައަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވާއިރު، މިމަހުގެ 8 ވަނަ ދުވަހު ރާއްޖެއަށް ވަނީ ރެކޯޑު އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. އެދުވަހު ރާއްޖެއަށް 10،462 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވާ 5 ޤައުމު:
* ޗައިނާ: 39،132 ފަތުރުވެރިން
* ރަޝިއާ: 36،565 ފަތުރުވެރިން
* އިޓަލީވިލާތް: 30،656 ފަތުރުވެރިން
* އިނގިރޭސިވިލާތް: 27،864 ފަތުރުވެރިން
* ޖަރުމަނުވިލާތް: 18،630 ފަތުރުވެރިން

ރާއްޖެއައި ފަތުރުވެރިންގެ ތެރެއިން 299،764 ފަތުރުވެރިން އައިސްފައިވަނީ ރާއްޖޭގެ މައި އެއަރޕޯޓް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށެވެ. 2ވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އައީ މާފަރު އިންޓަނޭޝަނަލް އެއަރޕޯޓަށެވެ. އެއީ 1،012 ފަތުރުވެރިންނެވެ.

ފަތުރުވެރިން ރާއްޖެ އަންނަ މިންވަރަށް ބަލާއިރު މި ފެބުރުވަރީ މަހު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް ރާއްޖެއަށް 8،000 އަށްވުރެ ގިނަ ފަތުރުވެރިން އަންނަކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ. މިވަގުތު ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށްޓަކައި ރާއްޖޭގައި 1275 ތަނެއް އޮޕަރޭޓްކުރަމުންދެއެވެ. އެއީ މުޅި ޖުމްލަ 67،009 އެނދެވެ.

ސަރުކާރުން މިއަހަރު އަމާޒުހިފާފައިވަނީ ރާއްޖެއަށް 2.5 މިލިޔަން ފަތުރުވެރިން ގެނައުމަށެވެ. މިދިޔަ އަހަރު ނިމުނުއިރު ރާއްޖެ އައީ 2.2 މިލިޔަން ފަތުރުވެރިންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

tourist arrival

އަހަރުގެ މިހާތަނަށް 295,589 ފަތުރުވެރިން ޒިޔާރަތްކޮށްފި

tourist arrival

އެއް ދުވަހުން 10،000 އަށްވުރެ ގިނަ ފަތުރުވެރިން، އާ ރެކޯޑެއް

mma

ޑިމާންޑް ބޮޑުވެ، 100 ރުފިޔާގެ އާ ނޫޓު ޝިޕްމަންޓެއް އެމްއެމްއޭއިން ގެނެސްފި

MMA

އިންފްލޭޝަން ދަށަށް، ޑިސެންބަރު މަހު ރާއްޖޭގެ އިންފްލޭޝަން ހުރީ 0.4 އިންސައްތައިގައި

TTH_advertisement