ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އުތުރުގެ 13 ފަޅެއްގައި ރިޒޯޓު ތަރައްޤީކުރަން ބީލަމަށް ހުޅުވާލައިފި

ރާއްޖޭގެ އުތުރުގެ 13 ފަޅެއްގައި ޓޫރިސްޓް ރިޒޯޓް ތަރައްގީކޮށް ހިންގާނެ ބަޔަކު ހޯދުމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ބީލަމަށް ހުޅުވާލައިފިއެވެ.

އެ ވުޒާރާއިން މިއަދު ކުރި އިޢުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، މި މަޝްރޫޢުތަކަށް ޝައުޤުވެރިވާ ފަރާތްތަކުން އަންނަ އޭޕްރީލް މަހުގެ 6 ވަނަ ދުވަހުގެ ހެނދުނު 11:00 ގެ ކުރިން ބީލަން ހުށަހަޅަން ޖެހެއެވެ.

މި ބީލަމާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބާއްވާ ޚާއްސަ ބައްދަލުވުމެއް މާރިޗު މަހުގެ 2 ވަނަ ދުވަހުގެ ހެނދުނު 11:00 ގައި އޮންނާނެ ކަމަށް މިނިސްޓްރީން ބުނެއެވެ. މި ބައްދަލުވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މައިކްރޮސޮފްޓް ޓީމްސް މެދުވެރިކޮށް ވަރޗުއަލްކޮށެވެ.

މީގެ އިތުރުން، ބީލަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ، އޭޕްރީލް 1 ވަނަ ދުވަހުގެ މެންދުރު 13:00 ގެ ކުރިން މިނިސްޓްރީގެ އީމެއިލް [email protected] އަށް މެއިލް ކުރުމުން އެ މަޢުލޫމާތު ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Iu

ރާއްޖޭގެ 25 ލަގްޒަރީ ރިސޯޓަކުން ބައިވެރިވާ ފަތުރުވެރިކަމުގެ ބޮޑު ހަރަކާތެއް އިންޑިއާގައި ބާއްވަނީ

Iu

ނުވަ ކްރޫޒްލައިނާ އަކުން 15،000އާ ގާތްކުރާ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފި

minister Thoriq

ޗައިނާ، އިންޑިއާ އަދި ރަޝިއާ މާކެޓުން ފްލައިޓްތައް އިތުރުކުރަނީ

އަންނަ އަހަރުގެ އައިޓީބީ ބާލިންގެ “ހޯސްޓް ކަންޓްރީ” އަކަށް ރާއްޖެ ހަމަޖައްސައިފި