ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އަވަސްއަރުވާލައިގެން އީރާނަށް ހަމަލާދޭކަށް ނޫޅެން: އެމެރިކާގެ ރައީސް ޓްރަމްޕް

އަވަސް އަރުވާލައިގެން އީރާނަށް ހަމަލާދޭން ނޫޅޭ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

ޓްރަމްޕް މިފަދައިން ބުނެފައިވަނީ، އީރާނާއެކު ކުރިއަށް ގެންދެވުނު ފުރަތަމަ ދުވަހުގެ ވާހަކަތަކާ ގުޅޭގޮތުން އެއަރފޯސް ވަންގައި ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެމުންނެވެ.

އެމެރިކާގެ ރައީސް އެދުނީ، ވެނެޒުއެލާއާ މެދު އެމެރިކާއިން ކަންތައް ކުރިގޮތް ހަދާން ކުރުމަށެވެ. ވެނެޒުއެލާ ކައިރިއަށް އެމެރިކާ ސިފައިން ޖަމާވެ ތިބީ ކަމަށާއި، އަވަސްއަރުވާލައިގެން ކައްތައް ނުކުރާނޭ ކަމަށް ބުންޏެވެ.

އީރާނާމެދުވެސް އެމެރިކާއިން ކަންތައް ކުރާނީ އެފަދައިން ކަމަށް ޓްރަމްޕް ބުންޏެވެ.

ޓްރަމްޕް ބުނީ، ފުރަތަމަ ދުވަހުގެ ވާހަކަތައް ވަރަށް ރަނގަޅު ކަމަށާއި، އަންނަ ހަފްތާގެ ކުރީކޮޅު އީރާނާއެކު އަނެއްކާވެސް އިތުރު ވާހަކަތަކެއް ބާއްވާނޭ ކަމަށެވެ.

ޓްރަމްޕް ބުނީ އީރާނުން އެމެރިކާއާ ނިއުކްލިއަރ ޑީލެއް ހަދަން ބޭނުންވާ ކަމަށާއި، އީރާނަށް އެފަދަ ޑީލެއް ހަދަންވެސް ޖެހޭ ކަމަށެވެ.

އީރާނުން އެމެރިކާއާއެކު ނިއުކްލިއަރ ޑީލެއް ނުހަދައިފިނަމަ ނަތީޖާ ވަރަށް ގޯސްވާނޭ ކަމަށާއި، އެކަމުގެ ސަބަބުން ކަންތައް ވެގެންދާނެ ގޮތް ބުނަންވެސް ނޭނގޭ ކަމަށެވެ.

އެމެރިކާގެ ރައީސް ބުނީ، އީރާނުން އެމެރިކާއާ އެކު މިފަދަ ނިއުކްލިއަރ ޑީލެއް ހެދުމުގެ ފުރުސަތު މީގެ ދެއަހަރު ކުރިންވެސް އޮތް ކަމަށާއި، އޭރު އެފަދަ ޑީލެއް ހެދުނުނަމަ އަލުން މިމަސައްކަތް ކުރަން ނުޖެހޭނޭ ކަމަށްވެސް ޓްރަމްޕް ބުނެފައި ވެއެވެ.

އަވަސް އަރރުވާލައިގެން އީރާނަށް ހަމަލާދޭން ނޫޅޭ ކަމަށް އެމެރިކާގެ ރައީސް ބުނެފައި ވާއިރު، ވާހަކަތަކުގެ އިތުރު ބުރެއް އަންނަ ހަފްތާގެ ކުރީކޮޅު ބާއްވާނާކަން ހާމަކުރުމުންވެސް، ޑީލަކަށް ދާން އެމެރިކާއިންވެސް ބޭނުންވެފައިވާ މިންވަރު ހާމަވެގެން ދެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ނިއުކްލިއަރ ފެސިލިޓީތަކަށް ދިން ހަމަލާތަކުގެ ބަދަލު އީރާނުން ހިފާނެގޮތެއް ނޭނގޭތީ ސަރަހައްދު ނުތަނަވަސްވެފައި

އިންޖީނުގެތަކަށް ހަމަލާދިނުން ފަސްކޮށްދޭން އީރާނުން ނޭދޭކަމަށް ރިޕޯޓްތައް ފެތުރޭން ފަށައިފި

ހުކުރު ދުވަހު މުހުލަތު ހަމަވާނެ، އީރާނުގެ އިންޖީނުގެތަކަށް ހަމަލާ ދިނުމާމެދު އަދި ގޮތެއް ނުނިންމަން: ޓްރަމްޕް

އެމެރިކާއިން ގަލްފްގައި އަސްކަރީ ބޭސްތައް ގާއިމްކުރީވެސް އިސްރާއީލު ރައްކާތެރިކުރުމަށް: އީރާނުގެ ޚާރިޖީ ވަޒީރު