އެމްޑީޕީ ސަރުކާރުން ކޮށްފައިވާ ކަންތައްތަކުގެ ސަބަބުން އިޔާދަނުކުރެވޭ ވަރުގެ ގެއްލުންތައް ވެފައިވާތީ، އެ މައްސަލަތައް ބެލުމަށް އިންކުއަރީ ކޮމިޝަނެއް ހެދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ ކުރީ ސަރުކާރުގެ ނިންމުންތަކުގެ ސަބަބުން އިޔާދަ ނުކުރެވޭ ގެއްލުން ލިބިފައިވާތީ، އެކަމާ ގުޅޭ ގޮތުން ސުވާލުކޮށް، ގާނޫނީ ފިޔަވަޅު އަޅަން ކޮމިޝަން އޮފް އިންކުއަރީއެއް ހަދަން ނިންމައިފައިވާ ކަމަށެވެ
މީގެއިތުރުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލޭގޮތަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު، މޮރިޝަސްއަށް ފޮނުއްވި ސިޓީ އަނބުރާ ގެންނަވަން ނިންމަވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ސަރަހައްދުތަކުގެ އޮފީހެއް އުފައްދަވަން ނިންމާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
އެފަދަ އޮފީހެއް އުފައްދަނީ ބޭރުގެ ފަރާތްތަކުގެ ލަފާގެ މަތިން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު