ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކެންސަރުބަލީގެ ފަރުވާ އަތޮޅުތަކުގައި ފެށުމަކީ ޤައުމަށް ލިބުނު ބޮޑު ކުރިއެރުމެއް: ރައީސް

66

ކެންސަރުބަލީގެ ފަރުވާ އަތޮޅުތަކުގައި ފެށުމަކީ ޤައުމަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ބައިނަލައަގުވާމީގޮތުން ފާހަގަކުރާ ކެންސަރު ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް ވިދާޅުވީ ދުނިޔޭގެ ކެންސަރު ދުވަސް ފާހަގަކުރާއިރު އެ ބަލިން ސަލާމަތްވެފައިވާ މީހުންނާއި ބައްޔާ ހަނގުރާމަ ކުރަމުންދާ މީހުން ދައްކަމުންދާ ހިތްވަރު ފާހަގަކުރައްވާ ކަމަށެވެ. އަދި ކޮންމެ އަހަރަކުވެސް ކެންސަރު ބަލީގައި އެތައް ބަޔަކު އަޅުގަނޑުމެންނާ ވަކިވެގެންދާއިރު ކެންސަރާ ގުޅިގެން އާންމުން ހޭލުންތެރިކުރުމާއި ކެންސަރު ޖެހުން މަދުކުރުމަށް ފިޔަވަޅު އެޅުމާއި ބަލި ތަހައްމަލުކުރަމުންދާ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަކީ މުހިންމު ކަމެއްކަން ހަނދުމަކުރަންޖެހޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދާދިފަހުން ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައި ކީމޯތެރަޕީގެ ޚިދުމަތް ފެށުމަކީ ކެންސަރު ބައްޔާ ގުޅޭގޮތުން ކުރަމުން އަންނަ މަސައްކަތުގައި ލިބުނު ބޮޑު ކުރިއެެރުމެއް ކަމަށެވެ. އަދި މިއީ ޒަމާންތަކެއްވަންދެން މާލެއިން އެކަނި މިފަދަ ޚިދުމަތްތައް ލިބުން ނިމުމަކަށް އައިސް އަތޮޅުތަކުގައިވެސް އެ ޚިދުމަތް ފުޅާކުރެވި، އެތައް ބަޔަކަށް އޭގެ ސަބަބުން މާލީ ގޮތުންނާއި ނަފްސާނީގޮތުންވެސް ލިބިގެންދިޔަ ލުއިތަކެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ކީމޯތެރަޕީގެ ޚިދުމަތް ސަރުކާރުން ފަށާފައިވަނީ މިދިޔަ ޖެނުއަރީ މަހުގައެވެ. މިއީ މާލެއިން ބޭރުން ރާއްޖޭގައި ކީމޯ ތެރަޕީގެ ޚިދުމަތް ފެށި 4 ވަނަ ހޮސްޕިޓަލެވެ.

ރާއްޖޭގައި ކެންސަރު ޖެހިފައިވާ ފަރާތްތަކާއި އެ ފަރާތްތަކުގެ އާއިލާތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ އެ މީހުންނަށް އުއްމީދު އައުކޮށްދިނުމުގައި ސިއްޙީ ޚިދުމަތްތެރިންނާއި އިޖުތިމާޢީ މަސައްކަތްތައް ކުރައްވާ ޖަމިއްޔާ ޖަމާއަތްތަކުން ކުރާ ބުރަ މަސައްކަތް ފާހަގަކުރައްވައި ރައީސް ޝުކުރުއަދާކުރެއްވިއެވެ.

ބައިނަލްއަގުވާމީ ގޮތުން ކެންސަރު ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ފެބްރުއަރީ މަހުގެ 4ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

IMG

ރައީސް މުއިއްޒަށް ހުށަހަޅަން ޚަރަދު ކުޑަކުރުމުގެ ޕްލޭނެއް ތައްޔާރުކުރަނީ

Oo

ރައީސް މުއިއްޒު ގަލޮޅު އުތުރު ދާއިރާގެ ގެތަކަށް ވަޑައިގެން ރައްޔިތުންގެ ހާލު ބައްލަވާލައްވައިފި

taxi

ޓެކްސީ ލައިނަށް ބޭނުންވާ ޕާޓްޓައިމް ޑްރައިވަރުންގެ ޕޫލްގައި ރަޖިސްޓްރީވާން ސަރުކާރުން ހުޅުވާލައިފި

WhatsApp Image 2026 03 23 at 10.30.45

ރައްޔިތުންގެ މަޖިލީހުގެ ވަކި އިންސައްތައެއް ޒުވާނުންނާއި އަންހެނުންނަށް ޚާއްޞަކުރަނީ