ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޣައްޒާގެ އެކި ހިސާބުތަކަށް ވަރުގަދަ ހަމަލާތަކެއްދީ މިއަދުގެ މިހާތަނަށް 20 މީހުން ޝަހީދުކޮށްލައިފި

އިސްތިއުމާރީ ސިފައިން ވައިގެ ހަމަލާދިން ތަނަކުން މީހުން ސަލާމަތްކުރަނީ:

އިސްތިއުމާރީ އިސްރާއީލުގެ ޓެރަރިސްޓު ސިފައިން ޣައްޒާގެ އެކި ހިސާބުތަކަށް ދެމުން ގެންދާ އުދުވާނީ ހަމަލާތަކުގައި މިއަދުގެ މިހާތަނަށް ވިއްސަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފިއެވެ.

ޣައްޒާގެ އިމަޖެންސީ ފަރާތްތަކުން ބުނަނީ، މިއަދުގެ ފަތިހުން ފެށިގެން އިސްރާއީލު ސިފައިން ޣައްޒާގައި ވެރިކަންކުރާ ގާޒާ ސިޓީއަށާއި، ޚާން ޔޫނިސްއަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދެމުން ގެންދާ ކަމަށެވެ.

މީގެ އިތުރުން، ޣައްޒާގެ އެހެން ރަށްތަކަށްވެސް ހަމަލާތައް ދެމުން ގެންދާ ކަމަށް ބުނެފައި ވެއެވެ.

އިސްތިއުމާރީ ސިފައިންގެ ޑްރޯންތަކާއި، ބޮންއަޅާ ޖެޓުތަކުން ގާޒާ ސިޓީއާއި، ޚާން ޔޫނިސްގެ ވައިގެ ތެރެ ފުރާލާފައިވާ ކަމަށާއި، ނަސަރް މެޑިކަލް ކޮމްޕްލެކްސްއަށް ދެވޭން އޮންނަ ހުރިހާ މައި މަގުތައްމަތިންވެސް ޑްރޯންއާއި ޖެޓުތައް އުދުހެމުންދާ ކަމަށް ބުނެފައި ވެއެވެ.

މިކަމާހެދި، އެއްގަމުމަގުން ދުއްވާ ވެހިކަލަކަށް އަދި ފައިމަގުގައި އުޅޭ މީހަކަށްވެސް އެއްވެސް ރައްކާތެރި ކަމެއް ނެތް ކަމަށް، ޣައްޒާއިން ލިބޭ ޚަބަރުތައް ބުނެއެވެ.

ގާޒާ ސިޓީއަށާއި، ޚާން ޔޫނިސްއަށް ދިން ވަރުގަދަ ވައިގެ ހަމަލާތަކުގައި އެތައް ބަޔަކު ޒަޚަމްވެފައިވާ ކަމަށްވެސް، ޣައްޒާގެ އެމްބިއުލެންސް އެންޑް އިމަޖެންސީ ސަރވިސްއިން ބުނެއެވެ.

އަލް މަވާސީ ޓެންޓު ކޭމްޕަށް ޓެރަރިސްޓުން ބޮން އެޅުމުގެ ސަބަބުން ދެމީހުން ޝަހީދުވެ 12 މީހުން ޒަޚަމްވިއިރު، ޝަހީދުވި ދެމީހުންނަކީ ޕެރަމެޑިކުންނެވެ.

އަލް މަވާސީއަކީ އެތައްލައްކަ އާންމުން ތޮއްޖެހިގެން ދިރިއުޅެމުންދާ ޓެންޓު އަވަށެކެވެ. އެއީ، އިސްތިއުމާރީ ސިފައިން “ސޭފް ޒޯން” ގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދެއް ވެސް މެއެވެ.

އެހެން ނަމަވެސް، އަލް މަވާސީގެ ޓެންޓުތަކަށް ބޮންއަޅައި މީހުން ޝަހީދުކުރުން އާންމު ކަމަކަށް ހަދާފައި ވެއެވެ.

މީގެ ކުޑައިރުކޮޅެއް ކުރިން ޣައްޒާގެ މެދުތެރޭ ބުރެއިޖް ރެފިއުޖީ ކޭމްޕަށްވެސް ޓެރަރިސްޓުން ހަމަލާ ދިނުމުގެ ސަބަބުން ކުޑަ ކުއްޖަކު ޒަޚަމްވެފައިވާ ކަމަށް ރިޕޯޓް ކޮށްފައި ވެއެވެ.

ވައިގެމަގުން ބޮންއަޅައި އަދި މިސައިލުން ހަމަލާތައް ދެމުން ގެންދާއިރު، އެއްގަމުމަގުންވެސް  ބޮޑުބަޑިން އާންމުންނަށް ހަމަލާދެމުން ގެންދެއެވެ.

އަދި ޣައްޒާގެ އުތުރުގެ އެކި ރަށްތަކުން އާންމުންގެ ގެތަކާއި، އާންމުން ދިރިއުޅޭ އިމާރާތްތައް ގޮއްވައި ބިމާހަމަކުރަމުން އެބަ ގެންދެއެވެ.

ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމެއް ވެވުނު ނަމަވެސް، އިސްތިއުމާރީ އިސްރާއީލުން ގެންދަނީ ތަކުރާރުކޮށް އެއްބަސްވުމާ ޚިލާފްވެ ޣައްޒާއަށް ހަމަލާދީ އާންމުން ޝަހީދުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ނިއުކްލިއަރ ފެސިލިޓީތަކަށް ދިން ހަމަލާތަކުގެ ބަދަލު އީރާނުން ހިފާނެގޮތެއް ނޭނގޭތީ ސަރަހައްދު ނުތަނަވަސްވެފައި

އީރާނުން ހުއްޓާނުލާ އިސްރާއީލަށް ހަމަލާތައްދެނީ، އިސްރާއީލުގެ ދެމިލިއަން މީހުން ބިންގަރާސްތަކުގައި

ޓްރަމްޕް ހެދީ ދޮގު، އީރާނުގެ ހަކަތައިގެ ތަންތަނަށް އެމެރިކާއާއި އިސްރާއީލުން ބޮންއަޅައިފި

ކޮންމެފަދަ އެއްބަސްވުމެއް ހެދިޔަސް އިސްރާއީލުގެ މަސްލަހަތު ރައްކާތެރިކުރާނަން: ނަތަންޔާހޫ