ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެޗްޕީއޭގެ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ ކަމުގެ މަގާމަށް މީހަކު ހޯދަނީ

66

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ މަގާމަށް މީހަކު ހޯދުމަށް ސިވިލް ސާވިސް ކޮމިޝަނުން މިއަދު އިއުލާނު ކޮށްފިއެވެ.

އާއްމު ސިއްހަތާ ގުޅޭ ކަންކަމުގައި ގޮތް ނިންމާ އެންމެ އިސް އެއް މަގާމު ކަމަށްވާ, ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތްގެ މަގާމަށް މީހަކު ހޯދަން އިއުލާނުކުރީ، އެ މަގާމުގައި ހުންނެވި މައިމޫނާ އަބޫބަކުރު މިދިޔަ ޖެނުއަރީ މަހު ރިޓަޔާކުރެއްވުމުންނެވެ.

މިއަދު ސިވިލް ސާވިސް ކޮމިޝަނުން ވަނީ، ޑިރެކްޓާ ޖެނެރަލެއް ހޯދަން އިއުލާނުކޮށްފައެވެ.

އެ މަގާމަށް ބޭފުޅަކު ނަގަނީ، ދާއިމީ ކޮށް، ރޭންކު ދިހައެއްގައެވެ. އެ މަގާމުގެ އަސާސީ މަހު މުސާރައަށް 21،844 ރުފިޔާ ލިބޭއިރު، އެލަވަންސްތައް ވެސް ލިބެއެވެ.

މައިމޫނާ އަކީ ސިއްހީ ދާއިރާގައި 30 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ބޭފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

333434 d3125933 0

އާދަޔާ ޚިލާފަށް ހޫނުވާތީ މާބަނޑު މީހުންނާއި ތުއްތު ކުދިން ސަމާލުވާން އެދިއްޖެ

health ministry

މެލޭޝިއާގައި ޓީބީ ހަލުވިކަމާއެކު ފެތުރެމުންދާތީ ރާއްޖޭގައި ރިސްކް އެސެސްމަންޓެއް ހަދަން ފަށައިފި

Amaan

ސަމާލުވޭ، ކުރިއަށް އޮތް ދެ ދުވަހު ވެސް މެދުރާއްޖެ ތެރޭގެ ރަށްތަކަށް ވަރަށް ބޮޑަށް ވައިނުސާފުވާނެ

Igmh

ރޯގާއަށް ޚާއްސަ ފްލޫ ކްލިނިކެއް ގާއިމުކޮށް އައިޖީއެމްއެޗުގައި ޚިދުމަތް ދޭން ފަށައިފި