އައްޑޫ ސިޓީ އައްޑޫ ހިތަދޫގައި ސައިކަލުތަކެއްގައި ރޯވެ، ބޭނުން ނުކުރެވޭ ވަރަށް އަނދައިފިއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ، ހިތަދޫ 11 ނަންބަރު ފުލެޓް ސަރަޙައްދުގައި ހުރި ސައިކަލްތަކެއްގައި އަލިފާން ރޯވެގެން ރިޕޯޓް ކޮށްފައި ވަނީ ރޭ 4:10 ހާއިރު ކަަމަށެވެ.
އެމްއެންޑީއެފްއިން ވިދާޅުވިގޮތުގައި މި ހާދިސާގެ މައުލޫމާތު ލިބުމާއެކު، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔާ ސްޓޭޝަނުގެ ފަޔ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތްކޮށްފައެވެ. ފަޔާ ފައިޓަރުން ކުރި މަސައްކަތުން ސައިކަލްގައި ރޯވެފައި ހުރި އަލިފާން ނިއްވާލެވުނީ ރޭ 04:25 ހާއިރެވެ.
މި ހާދިސާގައި ދެ ސައިކަލު ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށްވެސް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު