ކުއްލި ޚަބަރު

އެމްޕީއެލްގެ ލޭ ހަދިޔާކުރުމުގެ ހަރަކާތް ފަށައިފި

މާލޭގެ ސީއެޗްއެސްއީގެ އާ އިމާރާތް އެޅުމަށް ބަޔަކާ ހަވާލުކޮށްފި

މޯލްޑިވްސް އޯޓިޒަމް ސަޕޯޓް އެންޑް ނިއުރޯ-އިންކްލޫޝަން ޔުނިޓީގެ ބެލެނިވެރިންނާ ރައީސް މުއިއްޒު ބައްދަލުކުރައްވައިފި

ސައުތު އޭޝިއާ މުބާރާތުގައި ވާދަކުރާ ބޮޑީބިލްޑިންގ ޓީމު އިއުލާނު ކޮށްފި

16 ވަނަ ސައުތު އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ޗެމްޕިއަންޝިޕްގައި ވާދަކުރާ ބޮޑީބިލްޑިންގ ޓީމު އިއުލާނު ކޮށްފިއެވެ.

މި މުބާރާތުގައި ވާދަކުރާ ގައުމީ ބޯޑީބިލްޑިން ޓީމުގައި ހިމެނެނީ ޖޫނިއަރ ކެޓަގަރީގައި ވާދަކުރާ އަހުމަދު ރިޒާން ނިޒާރު، މިދިޔަ އަހަރުގެ މިސްޓަރ މޯލްޑިވްސްގެ މަގާމު ހޯދި އަޒްނީން ރަޝީދު، އަލީ މަބްރޫކް ލަތީފް، އިނާޒް ޔޫސުފް، އިބްރާހިމް ސިވާހް އަދި އަހުމަދު ނައީމެވެ.

މި އެތުލީޓުންނާއެކު މުބާރާތަށްދާ އޮފިޝަލުންނަކީ މުހައްމަދު ނަޒީހް އަދި އަބުދުލް ހަސީބެވެ.

ރާއްޖޭގެ ބޮޑީބިލްޑިން ޓީމަކީ މިދިޔަ އަހަރު ބޭއްވި ވޯލްޑް ޗެމްޕިއަންޝިޕްގައި ރަން މެޑަލް ހޯދި އެތުލީޓުންވެސް ހިމެނޭ ޓީމެއް ކަމަށްވާއިރު ސައުތު އޭޝިއާ މުބާރާތުން ރަނގަޅު ކާމިޔާބީއެއް ހޯދުމަށް ޓީމުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

މި މުބާރާތަށް ޓީމު އެކުލަވާލީ 30 ޖެނުއަރީގައި އެސްޓްރީމް ފިޓްނެސް ޖިމްގައި ބޭއްވި ސިލެކްޝަނެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު
TTH_advertisement