ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކާވާ ޗެމްޕިއަންސް ލީގުގައި ބިދޭސީ ފަސް ޓީމާއި ރާއްޖޭގެ ހުރަ އާއި ވެމްކޯ

ރާއްޖޭގައި މާދަމާ ފަށާ ކާވާ ވިމެންސް ޗެމްޕިއަންސް ލީގުގައި ރާއްޖޭގެ ވެމްކޯ އާއި ހުރައާއެކު ވާދަކުރާ ބިދޭސީ ފަސް ޓީމު މާލެ އަތުވެއްޖެ އެވެ.

މާދަމާއިން ފެށިގެން މި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މުބާރާތުގައި ވާދަކުރަނީ ސްރީލަންކާ އާއި އުޒުބަކިސްތާން އަދި ނޭޕާލާއި އިރާންގެ އިތުރުން ކަޒަކިސްތާނުގެ ޓީމެކެވެ.

މީގެ ތެރެއިން ގްރޫޕް އޭގައި ހިމެނެނީ ވެމްކޯ އާއި ސްރީލަންކާގެ ހިރްދަރަމާނީ ސްޕޯޓްސް ކުލަބާއި ކަޒަކިސްތާނުގެ ތުރާން ކުލަބެވެ. ގްރޫޕް ބީގައި ވާދަކުރާނީ ހުރާ ކޮމިއުނިޓީ ކުލަބާއި އިރާނުގެ ފޫލަދް މުބާރަކޭ އާއި އުޒުބަކިސްތާނުގެ ހުމޯ އާއި ނޭޕާލްގެ ޕޮލިސް ކުލަބެވެ.

މި މުބާރާތް ކުޅޭނީ ލީގު އުސޫލުންނެވެ. ސެމި ފައިނަލަށްދާނީ ކޮންމެ ގްރޫޕަކުން ވެސް އެންމެ ކުރި ހޯދާ ދެ ޓީމެވެ. ފައިނަލް މެޗު އޮންނާނީ މި މަހުގެ 10 ވަނަ ދުވަހުގެ ރޭ ޒުވާނުންގެ މަރުކަޒުގެ އިންޑޯ ހޯލުގަ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

wamco

ވެމްކޯ ސައިޓުގައި ހިނގި ހާދިސާއެއްގައި އަނިޔާވި މީހާ އޮތީ ވެންޓިލޭޓަރުގައި

767

ވެމްކޯގެ ސައިޓެއްގައި ހިނގި ހާދިސާއަކާ ގުޅިގެން އެ ކުންފުނީގެ މުވައްޒަފަކަށް ވެންޓިލޭޓަރުގައި ފަރުވާދެނީ

wamco

މިއަހަރު ޤަވާއިދާ ޚިލާފަށް މަގުތަކުގައި ކުނި ބަހައްޓާ މިންވަރު މަދު: ވެމްކޯ

wamco

ރޯދައަށް ތައްޔާރުވުމުގެ ގޮތުން ކުނި ނަގާ ގަޑިތަކަށް ބަދަލު ގެންނަނީ