ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އީރާނާ ވާހަކަ ދެއްކުމުގެ ޚިޔާލު ދޫކޮށް، ވަގުތުން ހަމަލާދިނުމަށް ނަތަންޔާހޫ ޓްރަމްޕަށް ޕްރެޝަރ ބޮޑުކުރަނީ

ނަތަންޔާހޫ

އެއްވެސް ބާވަތެއްގެ މަޝްވަރާއެއް އީރާނާ ނުކޮށް ވަގުތުން ހަމަލާ ދިނުމަށް އިސްތިއުމާރީ އިސްރާއީލުން އެމެރިކާގެ ރައީސަށް ބޮޑެތި ފިއްތުންތައް ކުރިމަތި ކުރަމުންދާ ކަމަށް، ރިޕޯޓްތައް ބުނަން ފަށައިފިއެވެ.

އިސްރާއީލުން މިގޮތަށް އެމެރިކާގެ ރައީސަށް ފިއްތުންތައް ކުރިމަތި ކުރަމުންދަނީ، އީރާނާ ގާތަށް އެހާ ބޮޑު ހަނގުރާމައިގެ ލަޝްކަރެއް ޖަމާކުރުމަށްފަހުވެސް، ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރަން އެމެރިކާގެ ރައީސް މަސައްކަތް ކުރާތީ އެކަމާ ހިތްހަމަ ނުޖެހިގެންނެވެ.

އީރާނަށް އަސްކަރީ ހަމަލާ ނުދިނުމަށް ސަރަހައްދުގެ ގައުމުތަކުން ތަކުރާރުކޮށް ގެންދަނީ އެމެރިކާއަށް އިލްތިމާސް ކުރަމުންނެވެ. އަދި ވާހަކަ ދައްކައިގެން މައްސަލަ ހައްލު ކުރެވޭނެ ގޮތެއް ހޯދުމަށްވެސް ގެންދަނީ މަސައްކަތް ކުރަމުންނެވެ.

އިސްރާއީލުގެ ބޮޑު މުޖުރިމު ނަތަންޔާހޫ ރުޅިއައިސް ރަތްވެގެން އުޅެނީ، އީރާން – އެމެރިކާގެ ސަމިޓެއް އަންނަ ހުކުރު ދުވަހު ތުރުކީގެ އިސްތަމްބޫލްގައި ބާއްވަން ހަމަޖެހިއްޖެކަމުގެ ރިޕޯޓްތަކެއް ފެތުރޭން ފެށުމުންނެވެ.

އެމެރިކާއާ އެކު ބާއްވާ މި ސަމިޓުގައި އީރާން، ތުރުކީ، ގަތަރު، މިސްރު، އުމާން، ސައުދީ އަރަބިއްޔާ، ޔޫއޭއީ އަދި ޕާކިސްތާނުގެ ޚާރިޖީ ވަޒީރުން ބައިވެރިވެވަޑައި ގަންނަވާނެ ކަމަށްވެސް ޚަބަރުތައް ލިބެމުން ދެއެވެ.

މި ސަމިޓުގައި އެމެރިކާގެ ފަރާތުން ބައިވެރިވާނީ ކާކު ކަމެއް ސާފެއް ނުވެއެވެ.

އެހެން ނަމަވެސް، އިސްރާއީލު މިސައިޓުގައި ނުހިމެނޭނޭކަން، ސަމިޓްގައި ބައިވެރިވާ ގައުމުތަކަށް ބަލާލުމުން ޔަގީން ވެއެވެ.

އީރާނަށް އަސްކަރީ ހަމަލާ ދިނުމުގެ ބަދަލުގައި އެމެރިކާގެ ރައީސް ވަނީ، ޑިޕްލޮމަސީގެ ފުރުސަތު އީރާނަށް ދީފައެވެ. ހަރުކަށި ތިން ކަމަކަށް އީރާނުން އެއްބަސްވުމަށް ޓްރަމްޕް ހުށަހަޅާފައި ވެއެވެ.

އެއީ، ޔޫރޭނިއަމް ފައްކާކުރުން ދާއިމަށް ހުއްޓާލުމާއި، އީރާނުން އުފައްދާ ބެލިސްޓިކް މިސައިލް ދަތުރުކުރާ ދުރުމިން ލިމިޓް ކުރުމާއި، ސްޓޮކް ލިމިޓް ކުރުމުގެ އިތުރުން، ފަލަސްތީނުގެ ހަމާސްއާއި، ލުބުނާނުގެ ހިޒްބުﷲއާއި ޔަމަނުގެ ހޫޘީންނަށް ތާއީދުދިނުން މުޅީން ހުއްޓާލުމެވެ.

އީރާނުން ޖަވާބުގައި ފުރަތަމަ ބުނެފައިވަނީ، އެމެރިކާއާ ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށާއި، ކުރިންވެސް އެފަދައިން ވާހަކަ ދެކެވި އެއްބަސްވުމެއް ހަދަން ދަނިކޮށް އިސްރާއީލުން އީރާނަށް ހަމަލާދޭން ފެށީ ކަމަށެވެ. އެހެންވެ، އެމެރިކާއަށް އެއްވެސް އިތުބާރެއް ނެތްކަމަށް އީރާނުން ބުނެއެވެ.

އީރާނުގެ ފަރާތުން ބޮޑެތި ނުރައްކާތައް ހުރި ކަމަށް ބުނަމުންދިޔަ ނަމަވެސް، އީރާނަށް މިދަނޑިވަޅުގައި އަސްކަރީ ހަމަލާދޭން އެމެރިކާގެ ރައީސް ވަނީ ފަސްޖެހިފައެވެ.

އެމެރިކާއިން އީރާނަށް ހަމަލާ ދީފިނަމަ އެންމެ ފުރަތަމަ ރައްދު ހަމަލާތައް އަމާޒުވާނެ އެއް ތަނަކީ އިސްރާއީލު ކަމަށް އީރާނުން ތަކުރާރުކޮށް ބުނަމުން ގެންދާތީ އިސްރާއީލު އޮތީ އީރާނާ ކުރިމަތިލާން ވަރަށް ވަރުގަދައަށް ތައްޔާރު ވެގެންނެވެ. އިސްރާއީލު ތައްޔާރުވުމުގައި އެމެރިކާއިންވެސް އެހީތެރިކަމާއި ހަތިޔާރާއި މިސައިލުން ދިފާއުވާ އިތުރު އައްޑަނަތައް ދީފައި ވެއެވެ.

ޒަޔަނިސްޓު އިސްރާއީލުގެ ވެރިންގެ ވާހަކަތައް ހުރިގޮތުން، އެމެރިކާއިން އީރާނަށް ހަމަލާ ނުދީފިނަމަ އިސްރާއީލުން އިސްވެ އީރާނަށް ހަމަލާ ދީފާނޭ ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށް، މަސްރަހް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ނިއުކްލިއަރ ފެސިލިޓީތަކަށް ދިން ހަމަލާތަކުގެ ބަދަލު އީރާނުން ހިފާނެގޮތެއް ނޭނގޭތީ ސަރަހައްދު ނުތަނަވަސްވެފައި

އިންޖީނުގެތަކަށް ހަމަލާދިނުން ފަސްކޮށްދޭން އީރާނުން ނޭދޭކަމަށް ރިޕޯޓްތައް ފެތުރޭން ފަށައިފި

ހުކުރު ދުވަހު މުހުލަތު ހަމަވާނެ، އީރާނުގެ އިންޖީނުގެތަކަށް ހަމަލާ ދިނުމާމެދު އަދި ގޮތެއް ނުނިންމަން: ޓްރަމްޕް

އެމެރިކާއިން ގަލްފްގައި އަސްކަރީ ބޭސްތައް ގާއިމްކުރީވެސް އިސްރާއީލު ރައްކާތެރިކުރުމަށް: އީރާނުގެ ޚާރިޖީ ވަޒީރު