ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހައިކޯޓުގެ ފަނޑިޔާރު ކަމަށް ރައޫފާއި ޝަފީއު އައްޔަންކުރަނީ

66

ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އެ ކޯޓުގައި ކުރިން މަސައްކަތް ކުރެއްވި އަބްދުއްރައޫފް އިބްރާހިމާއި ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ޝަފީއު އައްޔަން ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ޖޭއެސްސީއިން ހުޅުވާލުމުން އެ މަގާމަށް 19 ބޭފުޅަކު ކުރިމަތިލެއްވި އެވެ.

މި ބޭފުޅުންގެ ތެރެއިން ރައޫފާއި ޝަފީއު ހައި ކޯޓަށް އައްޔަންކުރަން ޖޭއެސްސީން ނިންމާފައި ވާއިރު ކްރިމިނަލް ކޯޓުން ހުސްވެފައިވާ މަގާމަށް ލ. ކަލައިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ނިޔާޒު އައްޔަންކުރަން ވަނީ ނިންމާފައެވެ.

ހައި ކޯޓުގެ ދެ ފަނޑިޔާރެއްގެ މަގާމު ހުސްވީ ފަނޑިޔާރު މުހައްމަދު ނިޔާޒު ރިޓަޔާ ކުރައްވައި އަދި ފަނޑިޔާރު މުހައްމަދު ފައިސަލް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އަދި ކްރިމިނަލް ކޯޓުން މަގާމު ހުސްވީ ހުސައިން ފާއިޒް ރަޝާދު މަގާމުން ވަކިކުރުމުންނެވެ.

އަލަށް އައްޔަންކުރާ ފަނޑިޔާރުން މަގާމުގެ ހުވާކުރެއްވުމާއި މަގާމުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު މިރޭ ސުޕްރީމް ކޯޓުގައި ބާއްވަން ވަނީ ނިންމައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

high court

އަމީން ކޮންސްޓްރަކްޝަން ކުށްވެރިނުވާ ކަމަށް ނިންމި ނިންމުން ހައިކޯޓަށް ގެންގޮސްފި

98

ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓު ނެގުން ހުއްޓުވަން އެމްޑީޕީން ހައިކޯޓަށް މައްސަލައެއް ހުށަހަޅައިފި

Mm

އައްޑޫސިޓީ ހިތަދޫގައި “ސްކޫޕު” ގެ ނަމުގައި ހަރަކާތްތެރިވާ ގްރޫޕަކީ ގޭންގެއް ކަމަށް ކަނޑައަޅަން އެދިއްޖެ

Image 20

ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހަށް ހައިކޯޓުގެ ފަނޑިޔާރު ހުޒައިފާ ހަމަޖައްސައިފި