ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އަތޮޅުތަކުގައި ޤާއިމުކުރާ ފުރަތަމަ އައިނު ފިހާރަ އައްޑޫ ސިޓީގައި ހުޅުވަން ތައްޔާރުވެއްޖެ

ސަރުކާރުން އަތޮޅުތަކުގައި ޤާއިމުކުރާ އައިނު ފިހާރަތަކުގެ ތެރެއިން ފުރަތަމަ ފިހާރަ އައްޑޫ ސިޓީގައި ހުޅުވުމަށް ތައްޔާރުވެއްޖެއެވެ.

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ޤާއިމުކޮށްފައިވާ މި ފިހާރައިގެ މަސައްކަތްތައް ނިމި، ފެބުރުވަރީ މަހުގެ ފުރަތަމަ ހަފްތާ ތެރޭގައި ޚިދުމަތް ދޭން ފެށޭނެ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން މަޢުލޫމާތު ދެއެވެ.

މިއީ އާސަންދައިގެ ދަށުން އަގުހެޔޮކޮށް އައިނު ހެއްދުމުގެ ފުރުޞަތު ރައްޔިތުންނަށް ފަހިކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅުގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މިހާރުވެސް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން އައިޖީއެމްއެޗާއި ހުޅުމާލޭ ހޮސްޕިޓަލުގައި މި ޚިދުމަތް ދެމުންދާއިރު، އައްޑޫގެ އިތުރުން ކުޅުދުއްފުށީ ސިޓީގައިވެސް އައިނު ފިހާރައެއް ހުޅުވުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.

އާސަންދައިގެ ދަށުން އައިނު ހެއްދުމަށް ދޭ އެހީގެ މިންވަރުވެސް މިހާރު ވަނީ 1000 ރުފިޔާއިން 2000 ރުފިޔާއަށް ބޮޑުކޮށްފައެވެ. އަދި އާސަންދަ ސްކީމުގެ ދަށުން އައިނު ހެއްދޭނެ އިންތިޒާމު މާލެ ސަރަހައްދުގެ ކްލިނިކްތަކާއި ހޮސްޕިޓަލްތައް ހިމެނޭހެން 18 ތަނެއްގައި މިހާރު ވަނީ ހަމަޖައްސާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

8q

އައްޑޫގައި ފެނަކައިގެ އިންޖީނިއަރިން ސްކޫލެއް އެޅުމަށް ނިންމައިފި

addu

އައްޑޫ ސިޓީ ހިތަދޫ ފަތާ ޓްރެކް މޫދުގައި މަރުވެފައި އޮއްވާ ފެނުނީ އޮސްޓްރޭލިއާ މީހެއް

BML shareef

އައްޑޫގެ ތަރައްގީއަށް ބޭނުންވާ މަލީ އެހީތެރިކަން ދޭން ބީއެމްއެލް ތައްޔާރު: ޝަރީފު

DSC

އައްޑޫ ކަރަންޓް މައްސަލައަށް އަންނަ އަހަރުގެ ޖުލައި މަހު ދާއިމީ ހައްލު ލިބޭނެ: ރައީސް