ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމްއޭސީއެލް އިން ލޭ ހަދިޔާކުރުމުގެ ހަރަކާތެއް ފަށައިފި

Qw

ލޭ ރައްކާ ކުރާ ބްލަޑް ބޭންކުތަކުން ވަރަށް ބޮޑަށް ލޭ މަދުވުމާ ގުޅިގެން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ލޭ ހަދިޔާކުރުމުގެ ހަރަކާތެއް ފަށައިފިއެވެ.

އެމްއޭސީއެލް އިން މިއަދު ބުނީ ވީއައިއޭ ބްލަޑް ޑޮނޭޝަން ކޭމްޕުގެ ނަމުގައި މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ލޭ ހާދިޔާކުރުމުގެ ދެ ދުވަހުގެ ކޭމްޕެއް ފަށާފައިވާ ކަމަށެވެ.

އެގޮތުން މާދަމާގެ ނިޔަލަށް ކުުރިއަށް ގެންދާ މި ކޭމްޕުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މުވައްޒަފުން ލޭ ހަދިޔާކުރާނެއެވެ.

މި ހަރަކާތް މިއަދު ރަސްމީކޮށް ފައްޓަވައިދެއްވީ އެކުންފުނީގެ ސީސީއޯ މުހައްމަދު މިހާދެވެ. މިއަދުގެ ކޭމްޕު ހަވީރު 4:00 އާ ހަމައަށް ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާއިރު މާދަމާ ހެނދުނުން ފެށިގެން ހަވީރަށް މި ކޭމްޕު ކުރިއަށް ގެންދިޔުމަށް ވަނީ ނިންމާފައެވެ.

މި ކޭމްޕު ކުރިއަށްދަނީ މޯލްޑިވްސް ބްލަޑް ސާވިސް އާއި ގުޅިގެން ވީއައިއޭގެ ރެކްރިއޭޝަން ސެންޓަރުގައެވެ.

ލޭ ރައްކާ ކުރާ ބްލަޑް ބޭންކުތަކުން ވަރަށް ބޮޑަށް ލޭ މަދުވެ، އަސާސީ ކަންކަމަށް ބޭނުންވާ މިންވަރަށް ވެސް ލޭ ނެތުމުން، ނެޝަނަލް ބްލަޑް ސަޕްލައި އެމަޖެންސީއެއް ބްލަޑް ސާވިސްއިން ވަނީ އިއުލާންކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

velana airport

ފުރަން ދިއުމުގެ ކުރިން ފްލައިޓް މައުލޫމާތު ސާފުކުރުމަށް އެމްއޭސީއެލުން އެދިއްޖެ

macl velana airport

މިރެއިން ފެށިގެން އެއާޕޯޓުގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް

FB IMG

އޭވިއޭޝަން ދާއިރާއަށް ހާއްސަކޮށްގެން ފުރަތަމަ ފަހަރަށް “ވެލާނާ އެވޯޑްސް” ދީފި

އެއާޕޯޓަށް ލިބޭ ކުރިއެރުމަކީ ޤައުމަށް ލިބޭ ކުރިއެރުމެއް: ޝަރީފް