ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފްރީ ސްޓޯރޭޖަށް ވިޔަފާރި ބަނދަރުގެ އޯޕަން ސްޓޯރޭޖް އޭރިޔާ ދޭ މުއްދަތަށް ބަދަލެއް

78

މާލޭ ވިޔަފާރި ބަނދަރަށް ގެންނަ ކޮންވެންޝަނަލް ކާގޯ (ކޮންޓޭނަރަށް ނުލައި ގެންނަ މުދާ) ގެ ތެރެއިން، މާލޭ ވިޔަފާރި ބަނދަރުގެ “އޯޕަން ސްޓޯރޭޖް އޭރިޔާ”ގައި ސްޓޯކުރާ މުދަލަށް ދޭ “ފްރީ ސްޓޯރޭޖް” މުއްދަތަށް ބަދަލު ގެނެސްފިއެވެ.

އެމްޕީއެލް އިން ބުނީ މި ބަދަލަކީ ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލުއި ފަސޭހަ ކޮށްދިނުމަށާއި، އިގްތިސާދީ ގޮތުން އެ ފަރާތްތަކަށް ކުރިމަތިވާ ގޮންޖެހުންތައް ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ގެނެވުނު ބަދަލެއް ކަމަށެވެ.

ބަނދަރުގެ އޯޕަން ސްޓޯރޭޖް އޭރިޔާ ގައި ބަހައްޓާ ކޮންވެންޝަނަލް ކާގޯއަށް ފްރީ ސްޓޯރޭޖް ގެ ގޮތުގައި މީގެ ކުރިން ދެމުން އައި ފަސް ދުވަހެވެ. މިހާރު ގެނެސްފައިވާ ބަދަލާއެކު ބަނދަރުގެ ފްރީ ސްޓޯރޭޖްގެ މުއްދަތު ގޮތުގައި 10 ދުވަސް ދިނުމަށް ނިންމާފައިވާކަމަށް އެމްޕީއެލް އިން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން އެމްޕީއެލް އިން ބުނީ ފެބްރުވަރީ މާދަމާ އިން ފެށިގެން މާލޭ ވިޔަފާރި ބަނދަރަށް އަންނަ އުޅަނދުތަކުން ބާލާ މުދަލަށް ގެނެވުނު ބަދަލާއެކު، މުދާ އެތެރެކުރާ ފަރާތްކަށް ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

މި މަހުގެ 26 ވަނަ ދުވަހުން ފެށިގެން ރާއްޖެއަށް އަންނަ އާގު ބޯޓުފަހަރަށް، 24 ގަޑިއިރު ޕޯޓް ލިމިޓް އޭރިޔާއަށް ވަދެވޭގޮތަށް ވަނީ ހަމަޖައްސާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އުލިގަމުގައި ޒަމާނީ ޔޮޓް މެރީނާއެއް ތަރައްޤީކުރަން ޙަވާލުކޮށްފި

mpl north harbour

ނޯތު ހާބަރު ބޭނުންކުރާ އޮޑިދޯނިފަހަރުން ނަގާ ފީތައް ބޮޑުކުރާކަށް ނޫޅޭ: އެމްޕީއެލް

MPL

އައު ވިޔަފާރި ބަނދަރު: ޓަރމިނަލާއި ފެސިލިޓީތަކުގެ ޑިޒައިން ތައްޔާރުކުރާނެ ބަޔަކު ހޯދަނީ

އުލިގަމު ޔޮޓް މެރީނާ ތަރައްޤީކުރަން ހުޅުވާލައިފި