ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހަމްބޯލްޓް ޔުނިވާސިޓީ އޮފް ބާލިންގައި ރައީސް މުއިއްޒު ތަގުރީރުކުރަން ހަމަޖެހިއްޖެ

448631 89f68b0e c

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހަމްބޯލްޓް ޔުނިވާސިޓީ އޮފް ބާލިންގައި ތަގުރީރުކުރަން ހަމަޖެހިއްޖެއެވެ.

އެ ޔުނިވާސިޓީގައި ރައީސް މުއިއްޒު ތަގުރީރު ކުރައްވަން ހަމަޖެހިފައި ވަނީ އަންނަ ފެބްރުއަރީ 11، ވަނަ ދުވަހު އެވެ. އެމަނިކުފާނު ތަގުރީރު ކުރައްވަން ހަމަޖެހިފައި ވަނީ ‘ކްލައިމެޓް ޗޭންޖް ވިތައުޓް ބޯޑާސް؛ ދިވެހިރާއްޖޭގެ ތަޖުރިބާ’ މި މައުޟޫއަށެވެ.

އެ ތަގުރީރުގައި މޫސުމީ ބަދަލުތަކަށް ހޭނުމަށް ރާއްޖެއިން ގެންގުޅޭ އުސޫލުތަކާއި އެ ދާއިރާއިން ބައިނަލްއަގުވާމީ މުޖުތަމައުއަށް ލިބިދެވޭނެ މުހިންމު ފިލާވަޅުތަކަށް އެމަނިކުފާނު އަލިއަޅުއްވައިލައްވާނެ ކަމަށް ހަމްބޯލްޓް ޔުނިވާސިޓީން ބުންޏެވެ.

ރައީސް މުއިއްޒުގެ އިތުރުން އެ ބައްދަލުވުމުގައި އެ ޔުނިވާސިޓީގެ ދެ ޕްރޮފެސަރުން ކަމަށްވާ، ޕްރޮފެސަރު، މާސެލް ރޮބިޝަން އަދި ޑރ. އެކްސެލް ކްލީ ބައިވެރިވެވަޑައިގެން މޫސުމީ ބަދަލުތަކާ ދެކޮޅަށް ބައިނަލްއަގުވާމީ މުޖުތަމައުއިން ގެންގުޅޭ ސިޔާސަތުތަކާއި، އެންމެންގެ އެއްބާރުލުމުގެ މުހިންމުކަމުގެ އިތުރުން އެކަމާ ގުޅިގެން އިލްމީ ދާއިރާއިން ކުރެވޭ އުއްމީދުތަކާ ބެހޭގޮތުން ވެސް މަޝްވަރާ ކުރައްވާނެ ކަމަށް އެ ޔުނިވާސިޓީން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

DSC

ޕީއެންސީގެ ކެންޑިޑޭޓުން ނޫން ބަޔަކަށް ތާއީދެއް ނުކުރަން: ރައީސް

453750 70fcf7f4 c

ކޮމަންވެލްތުގެ މެންބަރު ގައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރަށް ބަދަހިކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި

DSC

ރާއްޖޭގެ ކަނޑުން ބައެއް ދޫކޮށްލުމަކީ ޖިނާޔަތުގެ އެންމެ މަތީ ދަރަޖައިގެ ކުށެއް: ރައީސް

DSC

އައްޑޫ ކަރަންޓް މައްސަލައަށް އަންނަ އަހަރުގެ ޖުލައި މަހު ދާއިމީ ހައްލު ލިބޭނެ: ރައީސް