ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރަން ހުޅުވާލި މުއްދަތު މާދަމާރެއަށް ހަމަވާނެ

Election commission

ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ އިންތިޚާބުގައި ވާދަކުރަން ހުޅުވާލި މުއްދަތު މާދަމާރެއަށް ހަމަވާނެއެވެ.

އިލެކްޝަންސް ކޮމިޝަނުން މި ފުރުސަތު ހުޅުވާލީ މި މަހުގެ 17ން ފެށިގެން 1 ފެބްރުއަރީ އާ ހަމައަށެވެ. މި މުއްދަތުގައި ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވަނީ ފޯމު ހުށަހަޅާފައެވެ.

އިންތިޚާބުގައި ވާދަކުރަން އިލެކްޝަންސް ކޮމިޝަނުން ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ އެ ކޮމިޝަންގެ މައި ޕޯޓަލް މެދުވެރިކޮށެވެ. އެގޮތުން، ކޮންމެ ދުވަހެއްގެ ވަކި ވަގުތުތަކެއްގައި އެ ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅޭނެ އިންތިޒާމު ކޮމިޝަނުން ވަނީ ހަމަޖައްސާފައެވެ.

އިންތިޚާބުގައި ވާދަކުރުމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުގެ ފޯމު އޮންލައިންކޮށް ކޮންމެ ދުވަހަކު ހުށަހެޅޭނެ ވަގުތު މިހާރު ވަނީ ދެ ގަޑިއިރަށް އިތުރުކޮށްފައެވެ. އެގޮތުން އަންނަ ހަފުތާގެ އާދީއްތަ ދުވަހުގެ ނިޔަލަށް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 8:30 އިން ހަވީރު 05:30 އަށް އަދި ހުކުރު ދުވަހު މެންދުރުފަހު 03:30 އިން ރޭގަނޑު 08:00 އަށް ޕޯޓަލް މެދުވެރިކޮށް ފޯމު ބަލައިގަންނާނެއެވެ.

ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލީ ފޯމު ހުށަހަޅާ ފަރާތްތަކަށާއި ކޮމިޝަންގެ މުވައްޒަފުންނަށްވެސް ލުއިކޮށްދިނުމުގެ ގޮތުންނެވެ. އެގޮތުން، ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ މައުލޫމާތުތަކަކީ ސައްޙަ މައުލޫމާތުކަން ފަސޭހައިން ކަށަވަރުކުރެވި، ފޯމާ ގުޅޭގޮތުން ކޮމިޝަންގެ ނިންމުން ކުރު މުއްދަތެއްގެ ތެރޭގައި ފޯމު ހުށަހަޅާ ފަރާތާ ހިއްސާ ކުރެވެއެވެ.

އިލެކްޝަންސް ކޮމިޝަނުން މައުލޫމާތު ދެއްވާ ގޮތުގައި ޕޯޓަލުން ފޯމު ހުށަހަޅާ ބައެއް ފަރާތްތަކުގެ ކެންޑިޑެސީ ގަބޫލުނުކުރާ މައިގަނޑު ސަބަބުތަކެއް ވަނީ ފާހަގަކުރެވިފައެވެ. އެގޮތުން ކުށާއި ދަރަނީގެ ރެކޯޑު އުމުރަށް ހުށަހަޅާފައި ނެތުމާއި، ކުށެއް ނުވަތަ ދަރަންޏެއް އޮތްނަމަ އެކަމުގެ ތަފްސީލު ހުށަހަޅާފައި ނެތުމާއި ކަރެކްޝަނަލް ސަރވިސްއިން ފުރިހަމަކޮށް، ހުށަހަޅަންޖެހޭ ކުށުގެ ރެކޯޑު ބައެއް ފަރާތްތަކުން ހުށަނާޅާ އޮތުން ފާހަގަކުރެވޭތީ ފޯމު ހުށަހަޅާ ފަރާތްތަކުން އެކަމަށް ސަމާލުކަން ދިނުމަށް އެ ކޮމިޝަނުން އިލްތިމާސްކުރައްވައެވެ.

ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ އަންނަ އޭޕްރިލް މަހުގެ 4ވަނަ ދުވަހުއެވެ. މި އިންތިޚާބުގައި ރަށު ކައުންސިލްތަކަށް 626 އަދި ސިޓީ ކައުންސިލްތަކަށް 52 ކައުންސިލަރުން އިންތިޚާބު ކުރާނެއެވެ. އަދި އަންހެނުންގެ ކޮމިޓީތަކަށްވެސް އެ އަދަދަށް މެންބަރުން އިންތިޚާބު ކުރާނެއެވެ.

މި އިންތިޚާބުގައި 294,937 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބިގެންވެއެވެ. އެއީ 144,527 އަންހެނުންނާއި 150,410 ފިރިހެނުންނަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ދޮރުން ދޮރަށް ހަރަކާތުގެ ދެވަނަ ބުރުގައި މިއަދު މާފަންނު ހުޅަނގަށް ރައީސް ވަޑައިގެންފި

Election

އިންތިހާބުގައި އޮބްޒާވަރުންނަށް ވުމަށް ދިން މުއްދަތު އިތުރުކޮށްފި

Election

ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓުލުމުގެ ހައްޤު 294،876 މީހަކަށް

ހދ. އަތޮޅުގެ ކެމްޕޭން ޖަގަހަ ހުޅުވައިފި