ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމްއޭސީއެލްގެ މުވައްޒަފުންގެ ސިއްހީ ދުޅަހެޔޮކަން އިތުރުކުރުމަށް ހާއްސަ ފެއާއެއް ބާއްވައިފި

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން “ސްޓްރެޗިން ޕްރޮގްރާމް” ރަސްމީކޮށް އިފުތިތާހުކޮށް، “ސްޓްރެޗް އެންޑް ވެލްނެސް”ގެ ނަމުގައި ހާއްސަ ފެއާއެއް ބާއްވައިފިއެވެ.

އެމްއޭސީއެލްއިން ބުނީ ހުޅުލޭގައި މިއަދު ބޭއްވި މި ފެއާގެ މަގުސަދަކީ މަސައްކަތުގެ މާހައުލުގައި ހުންނަ ސިއްހީ ނުރައްކާތަކަށް ހޭލުންތެރިކަން އިތުރުކުރުމާއި ދުޅަހެޔޮ ދިރިއުޅުމުގެ އާދަތަކަށް ބާރުއެޅުމާއި މަސްތަކާއި ކަށިތަކަށް ލިބޭ އަނިޔާތައް ކުރިއާލާ ދެނެގަނެ، އެކަމުން ރައްކާތެރިވުމުގެ މުހިންމުކަން ކިޔައިދިނުން ކަމަށެވެ.

މި ފެއާގެ ތެރެއިން އިފުތިތާހުކުރި “ސްޓްރެޗިން ޕްރޮގްރާމް” އަކީ މަސައްކަތުގެ މާހައުލުގައި ހާއްސަކޮށް އޮޕަރޭޝަނަލް ދާއިރާތަކުގައި ގަވާއިދުން ކަސްރަތުކުރުމާއި އަނިޔާއިން ރައްކާތެރިވުމުގެ އާދަތައް އަށަގެންނެވުމަށް ފެށި މުހިންމު ޕްރޮގްރާމެއްގެ ގޮތުގައި އެމްއޭސީއެލް އިން ހާމަކުރެއެވެ.

މި ފެއާ ކުރިއަށް ގެންގޮސްފައިވަނީ އޭޑީކޭ، ވެލްނެސް ކްލަބް މެނޭޖްޑް ބައި ހީޓް، ރިވައިވް ފިޓްނަސް، ފިޒިއޯ ސޮލިއުޝަންސް، އޭއެމްޑީސީ، ލެގަސީ ފިޓްނަސް، ޝީ، ތަސައްލީ މެޑިކަލް ކެއާ އަދި އެޗްޑީސީއާ ގުޅިގެންނެވެ.

މި ފެއާގެ ތެރެއިން ކޮމްބެޓް ފިޓްނެސް ސެޝަންއަކާއި ވޯކިން އެކްސަސައިޒް ދަސްކޮށްދޭ ސްޓޭޖް ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި ފެއާގައި ބައިވެރިވި ފަރާތްތަކުން ވަނީ ކަށިތަކާއި މަސްތަކުގެ ޓެސްޓުތައް ހިލޭ ހެދުމުގެ ފުރުސަތާއި ހެލްތު ޕެކޭޖުތަކުންނާއި ފިޓްނަސް ޕްރޮގްރާމްތަކުން މުވައްޒަފުންނަށް ޑިސްކައުންޓް ވެސް ދީފައިކަމަށް އެމްއޭސީއެލްއިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

MACL taxi

ޑޮމެސްޓިކް ޓާމިނަލް ކުރިމަތިން ޓެކްސީ ލިބޭގޮތަށް، ހަމަޖައްސައިފި

velana airport

ފުރަން ދިއުމުގެ ކުރިން ފްލައިޓް މައުލޫމާތު ސާފުކުރުމަށް އެމްއޭސީއެލުން އެދިއްޖެ

macl velana airport

މިރެއިން ފެށިގެން އެއާޕޯޓުގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް

FB IMG

އޭވިއޭޝަން ދާއިރާއަށް ހާއްސަކޮށްގެން ފުރަތަމަ ފަހަރަށް “ވެލާނާ އެވޯޑްސް” ދީފި