މޯލްޑިވްސް އިސްލާމިކް ބޭންކް، އެމްއައިބީއިން އިސްނަގައިގެން، ރާއްޖޭގެ ގެސްޓްހައުސް ސިނާއަތުގައި ފާހަގަކޮށްލެވޭ ފަރާތްތަކުގެ އަގުވަޒަންކުރުމަށްޓަކައި ޚާއްޞަ އެވޯޑެއް ތައާރަފުކޮށްފިއެވެ.
މި އެވޯޑުތައް ހަވާލުކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ އޮކްޓޫބަރު މަހު އެމްއައިބީން ބޭއްވުމަށް ހަމަޖެހިފައިވާ “އެމްއައިބީ ގެސްޓްހައުސް ސިމްޕޯޒިއަމް” ގައެވެ. މި އެވޯޑުތައް މައިގަނޑު ތިން ދާއިރާއަކަށް ބަހާލައިގެން ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެއީ:
ގެސްޓްހައުސްތަކަށް ދެވޭ އެވޯޑު (ޖުމްލަ 8 އެވޯޑު)
ސަރވިސް އެކްސެލެންސް އެންޑް ހޮސްޕިޓާލިޓީ އެވޯޑު
އޮތެންޓިކް މޯލްޑިވިއަން އެކްސްޕީރިއަންސް އެވޯޑު
އައިލެންޑް އެކްސްކާޝަންސް އެންޑް އެކްސްޕީރިންސެސް އެވޯޑު
ކަލިނަރީ އެކްސްޕީރިއަންސް އެވޯޑު
އިކޯ ފްރެންޑްލީ އެވޯޑު
ކޮމިއުނިޓީ އިމްޕެކްޓް އެވޯޑު
ޑިޖިޓަލް ޕްރެސެންސް އެވޯޑު
އައިކޮނިކް މެރިން އެންޑް ޑައިވް އެކްސްޕީރިއަންސް އެވޯޑު
ވަކިވަކި ފަރުދުންނަށް ދެވޭ އެވޯޑު (ޖުމްލަ 3 އެވޯޑު)
ޓެލެންޓް އެންޑް ކަލްޗަރ ޗެމްޕިއަން އެވޯޑު
ގެސްޓް އެކްސްޕީރިއަންސް ޗެމްޕިއަން އެވޯޑު
އައުޓްސްޓޭންޑިން ޑައިވް ލީޑަރ އެވޯޑު
ރަށަށް ދެވޭ އެވޯޑު (1 އެވޯޑު)
ގެސްޓް ހައުސް ވިޔަފާރި ތަރައްގީކޮށް ވިޔަފާރި ފުޅާކުރުމަށް އެހީތެރިވެދޭ ރަށްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ރަށަށް ދެވޭ އެވޯޑު
މި އެވޯޑު ތައާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކްރޯ މޯލްޑިވްސްގެ މެނޭޖިން ޕާޓްނަރ ހަސަން މުޙައްމަދު ވިދާޅުވީ މިފަދަ މުހިއްމު މަސައްކަތެއް ކުރިއަށްގެންދިއުމަށް އެމްއައިބީން އިސްނެގުމަކީ ގެސްޓްހައުސް ސިނާއަތުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ ފެންވަރު ރަނގަޅުވެ ދެމެހެއްޓެނިވި ފަތުރުވެރިކަން ކުރިއެރުވުމަށް ހިތްވަރު ލިބިގެން ދާނެ ކަމެއް ކަމަށެވެ.
“ކްރޯ މޯޑިވްސް އަށް އިތުބާރުކޮށް މި މުހިއްމު މަސައްކަތް ހަވަލުކުރެއްވިކަމަށްޓަކައި އެމްއައިބީއަށް ޝުކުރު ދަންނަވަން. މި މުހިންމު އިސްނެގުމުގައި ބައިވެރި ވާން ފުރުސަތު ލިބުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް.” ހަސަން މުޙައްމަދު ވިދާޅުވިއެވެ.
އެމްއައިބީން ވިދާޅުވީ، މި އެވޯޑުތަކަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ޖުލައި މަހުގެ 15 ވަނަ ދުވަހު ހުޅުވާލުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މި އެވޯޑަށް އެޕްލިކޭޝަން ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ އަންނަ އޮގަސްޓް މަހުގެ 20ވަނަ ދުވަސް ކަމަށެވެ. އެމްއައިބީން ވިދާޅުވީ، މި އެވޯޑަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކުން އެމްއައިބީގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅޭނެ ކަމަށާއި، އެވޯޑުގެ ޝަރުތުތައް ބޭންކުގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު