ކުއްލި ޚަބަރު

ހިޔާ ޓަވަރުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން 37 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފި

ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރަން ހުޅުވާލި މުއްދަތު މާދަމާރެއަށް ހަމަވާނެ

ބަނގުރާ އުފައްދަން ގެންގުޅޭ ސާމާނުތަކެއް ފުވައްމުލަކުން އަތުލައިގެންފި

އެމެރިކާއިން ޑިމާންޑްކުރަނީ ތިން ކަމަކަށް، އީރާނުން އަންގަނީ ބިރުދައްކައިގެން އެއްބަސްވުމެއް ނުހެދޭނެ ކަމަށް

އީރާނުގެ ކަނޑުގެ ސިފައިންގެ އުޅަނދެއް ކައިރީގައި ކޮމާންޑަރު:

އީރާނުގެ ކިބައިން އެމެރިކާ ތިން ކަމަކަށް ޑިމާންޑް ކުރަމުންދާކަން އެމެރިކާއާއި ޔޫރަޕްގެ އޮފިޝަލުން ކަށަވަރު ކޮށްދީފިއެވެ.

އެމެރިކާއިން އީރާނަށް ޕްރެޝަރ ކުރަމުން ގެންދަނީ ތިން ކަމެއް ކުރުމަށް އެއްބަސްވުމަށެވެ.

އެ ތިން ކަމަކީ، ޔޫރޭނިއަމް ފައްކާކުރުން ދާއިމަށް ހުއްޓާލުމާއި، އީރާނުން އުފައްދާ ބެލިސްޓިކް މިސައިލް ދަތުރުކުރާ ދުރުމިން ލިމިޓް ކުރުމާއި، ސްޓޮކް ލިމިޓް ކުރުމުގެ އިތުރުން، ފަލަސްތީނުގެ ހަމާސްއާއި، ލުބުނާނުގެ ހިޒްބުﷲއާއި ޔަމަނުގެ ހޫޘީންނަށް ތާއީދުދިނުން މުޅީން ހުއްޓާލުމެވެ.

މިކަންކަމަށް އީރާނު އެއްބަސް ނުވެއްޖެނަމަ އީރާނަށް އަސްކަރީ ހަމަލާ ދޭނޭކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންދަނީ ދެމުންނެވެ.

އެމެރިކާގެ ކަނޑުގެ ސިފައިންގެ ބިޔަ މަނަވަރު އަބްރަހަމް ލިންކަން ހިމެނޭ، ހަނގުރާމައިގެ ބިޔަ ގާފިލާ އީރާނު ކައިރީގައި މިހާރު ރުކުރުވާލާފައި ވާއިރު، އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޣްޗީ ވަނީ، އީރާނަށް ބިރުދައްކައިގެން އެއްބަސްވުމެއް ނުހެދޭނޭ ކަމަށެވެ. ބިރުދައްކައިގެން ވާހަކައިގެ މޭޒުދޮށަށް އީރާނު ނުގެނެވޭނޭ ކަމަށެވެ.

އީރާނުން ބުނެފައިވަނީ، ޔޫރޭނިއަމް ފައްކާކުރަނީ މަދަނީ ބޭނުންތަކަށް ކަމަށާއި، އެކަން ނުހުއްޓުވޭނޭ ކަމަށާއި، ހަމަ އެއާއެކު، މިސައިލް ޕްރޮގްރާމަކީ އީރާނުގެ ދިފާއަށް މުހިންމު ޕްރޮގްރާމެއް ކަމަށާއި، އެކަންވެސް ނުހުއްޓުވޭނޭ ކަމަށެވެ.

އެއްބަސްވުމެއް ހެދުމަށް އެމެރިކާއިން އީރާނަށް ފިއްތުންތައް ކުރިމަތިކޮށް ބިރުދައްކަމުން ގެންދާއިރު، 2025 ވަނަ އަހަރުގެ ޖޫންމަހު އިސްރާއީލުން އީރާނަށް ހަމަލާދޭން ފެށީވެސް، އެމެރިކާއާއި އީރާނާ ދެމެދު އެއްބަސްވުމެއް ހެދުމުގެ މަޝްވަރާތައް ކުރިއަށްގޮސް، އެއްބަސްވުމެއް ހެދުމަށް ތައްޔާރުވެފައި ވަނިކޮށެވެ.

ވުމާއެކު، އީރާނުން އެމެރިކާއަކަށް އެއްވެސް ވަރަކަށް އިތުބާރެއް ނުކުރެއެވެ. އިސްރާއީލުގެ މުޖުރިމު ނަތަންޔާހޫ ގެންދަނީ އީރާނަށް ހަމަލާ ދިނުމަށް އެމެރިކާއަށް ފިއްތަމުންނެވެ.

އެމެރިކާއިން އީރާނުގެ ކިބައިން ކަންތައްތަކަކަށް ޑިމާންޑް ކުރަމުން ގެންދާއިރު، އެމެރިކާއިން އީރާނަށް ހަމަލާދިން ނަމަވެސް، ބޮޑުވަރު ނުކޮށް، ލިމިޓެޑް ރައްދުތަކެއް ދިނުމަށް އެމެރިކާއިން އީރާނަށް ހުށަހެޅި ހުށަހެޅުމާވެސް އީރާނުވަނީ ދެކޮޅު ހަދާފައެވެ.

އެމެރިކާއިން ބުނެފައިވަނީ، އެމީހުންވެސް އީރާނަށް ދޭނީ ލިމިޓެޑް ހަމަލާތަކެއް ކަމަށެވެ.

އެމެރިކާގެ ހުށަހެޅުމަށް އީރާނުން ބުނެފައިވަނީ، އީރާނަށް އަސްކަރީ ހަމަލާ ދީފިނަމަ އީރާނުގެ މިނިވަންކަމާއި، އިސްތިގްލާލު ހިމާޔަތް ކުރުމަށް ރައްދު ހަމަލާ ވަގުތުން ދޭން ފަށާނޭ ކަމަށާއި، އީރާނުގެ ރައްދު ވަރުގަދަވެފައި ވޭންދެނިވި ވާނޭ ކަމަށެވެ.

އެއްވެސް ސިފައެއްގައި އަދި އެއްވެސް ލެވެލްއެއްގައި އީރާނަށް ހަމަލާ ދިނުމަކީ ހަނގުރާމައިގެ އަމަލެއް ކަމަށް އީރާނުން ދެކޭ ކަމަށްވެސް އީރާނުން ބުނެފައި ވެއެވެ.

އަނެއްކޮޅުން، އެމެރިކާއިން އީރާނަށް ދޭ ހަމަލާތަކުގައި ބައިވެރިނުވާނޭ ކަމަށާއި، އެމެރިކާއިން އީރާނަށް ހަމަލާ ދިންނަމަވެސް ރައްދު ހަމަލާތައް އިސްރާއީލަށް އަމާޒު ނުކުރުމަށް އިސްރާއީލުން އެދުނު އެދުމާވެސް އީރާނުވަނީ ދެކޮޅު ހަދާފައެވެ.

އީރާނުން ބުނެފައިވަނީ، އެގައުމާ ދެކޮޅަށް ހިންގާ ހުރިހާ އުދުވާނުތަކެއްގެ އަޑީގައި އޮތީ ޒަޔަނިސްޓު ދައުލަތް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އީރާނަށް ހަމަލާދޭން ސައުދީ ބިމާއި ވައިގެ ސަރަހައްދުވެސް ބޭނުން ނުކުރެވޭނޭކަން ރަސްމީކޮށް އަންގައިފި

އަސްކަރީ ބަޣާވާތެއްކޮށް ރައީސް ޝީ ޖިންޕިންގ މަގާމުން ދުރުކުރަން އުޅުނުކަމަށް ފެތުރެމުންދާ ވާހަކަތައް

ޑަބްލިޔޫއެޗްއޯއިން ވަކިވާން އެމެރިކާއިން ދެއްކި ސަބަބުތައް ޑރ. ޓެޑްރޮސް ދޮގުކުރައްވައިފި

އައިސް އޭޖެންޓުން އަނެއްކާވެސް އާންމު މީހެއްގެ ގަޔަށް ބަޑިޖަހައި މަރާލުމާ ގުޅިގެން މިނިއާޕޮލިސްގެ މަސްރަހް އިތުރަށް ހޫނުވެއްޖެ

TTH_advertisement