ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މާލެ ސަރަހައްދުން 15،000 އަށްވުރެ ގިނަ މަސް ދަޅު ކޭސް ބަހައިފި

Amaan

މިއަހަރުގެ ރަމަޟާން މަހުގެ ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ކޮންމެ ގޭބިސީއަކަށް ދޭން ނިންމާފައިވާ މަސްދަޅު ކޭހުގެ ތެރެއިން މާލެ ސަރަހައްދުން މިހާތަނަށް 15،997 މަސްދަޅު ކޭސް ދޫކޮށްފައިވާ ކަމަށް ލޯކަލް ގަވާމެންޓް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ބުނީ މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ގާއިމުކޮށްފައިވާ 15 މަރުކަޒަކުން މިހާތަނަށް 15,997 މަސްދަޅު ކޭސް ބަހާފައިވާ ކަމަށެވެ.

މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ދޫކުރުން ކުރިއަށްދަނީ ކޮންމެ ރެއަކު 8:30 އިން 11:00 އަށެވެ. މި މަސައްކަތް ހަރުދަނާކުރުމުގެ ގޮތުން ޕޯޓަލް މެދުވެރިކޮށް ޓޯކަން ނެގުމުގެ އިންތިޒާމު ހަމަޖައްސާފައިވާއިރު، ކޮންމެ ރެއަކު 300 ޓޯކަންއަށް މަސްދަޅު ކޭސް ދޫކުރާނެއެވެ.

މިފްކޯއިން އުފައްދާފައިވާ މި މަސްދަޅު ކޭސްތައް އަތޮޅުތެރޭގެ ރަށްތަކަށް ފޮނުވުމުގެ މަސައްކަތްވެސް ބާރުދުވެލީގައި ދަނީ ކުރިއަށެވެ. އެގޮތުން ހއ. އަތޮޅުގެ ތިން ރަށަކަށް މިހާރު މަސްދަޅު ފޮނުވާފައިވާއިރު، މުރައިދޫގެ 137 ގޭބިސީއަކަށް މަސްދަޅު ބަހައި ވަނީ ނިންމާފައެވެ. މީގެ އިތުރުން ހދ. ފިނޭގެ 100 ގޭބިސީއަކަށާއި، ނޮޅިވަރަމްފަރުގެ 350 ގޭބިސީއަކަށް މަސްދަޅު ބަހައި ނިމިފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ނޮޅިވަރަމުގައި މިހާރުވެސް މަސް ދަޅު ކޭސް ބެހުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.

ރާއްޖޭގެ އުތުރުގެ އެހެން އަތޮޅުތަކަށް ބަލާއިރު، ނ. އަތޮޅާއި ޅ. އަތޮޅުގެ ހަތަރު ރަށަކަށްވެސް މިހާރު ވަނީ މަސްދަޅު ކޭސްތައް ފޮނުވާފައެވެ. މީގެ ތެރެއިން ޅ. އޮޅުވެލިފުށީގެ 137 ގޭބިސީއަކަށް މަސްދަޅު ކޭސް ހަވާލުކޮށް މިހާރު ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Roada hadiyaa

މިއަހަރު 113،382 ގޭބިސީއަކަށް ރޯދަ ހަދިޔާ ދޫކޮށްފި

Roada hadiyaa

ރޯދަ ހަދިޔާ މަސްދަޅުކޭސް ދޫކުރާ ފަހު ތާރީޚަކީ އަންނަ މަހުގެ 4ވަނަ ދުވަސް

Ramazan hadiyaa

ރޯދަ ހަދިޔާ: ހުޅުމާލެ ފޭސް1 އަދި ފޭސް 2ގެ މިފްކޯ ފިހާރައިން ދޫކުރާނެ

މަސްދަޅު ކޭސް މިހާރު ބަހަމުންދަނީ މިފްކޯ އިން، ރަމަޟާން މަހުގެ ފުރަތަމަ ދުވަހާ ހަމައަށް ދޫކުރާނެ