ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އީރާނަށް ހަމަލާދޭން ސައުދީ ބިމާއި ވައިގެ ސަރަހައްދުވެސް ބޭނުން ނުކުރެވޭނޭކަން ރަސްމީކޮށް އަންގައިފި

ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން

އީރާނަށް އަސްކަރީ ހަމަލާ ދިނުމަށް ސައުދީ އަރަބިއްޔާގެ ވައިގެ ސަރަހައްދު ބޭނުން ނުކުރެވޭނޭ ކަމަށް ސައުދީ އަރަބިއްޔާއިން އެމެރިކާއަށް ރަސްމީކޮށް އަންގައިފިއެވެ.

ސައުދީ ރަސްމީ ނޫސް އޭޖެންސީން ބުނެފައިވަނީ، އީރާނަށް ހަމަލާ ދިނުމަށް ސައުދީ އަރަބިއްޔާގެ ވައިގެ ސަރަހައްދުވެސް އަދި ސައުދީ އަރަބިއްޔާގެ ބިންވެސް ބޭނުން ނުކުރެވޭނޭ ކަމަށް، ސައުދީ ވެރިކަމުގެ ފަރާތުން އަންގާފައިވާ ކަމަށެވެ.

ސައުދީ އަރަބިއްޔާއިން މިކަން ހާމަކޮށްފައި މިވަނީ، ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން، އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާންއާ ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަތަކަށް ފަހުގައެވެ.

މުހައްމަދު ބިން ސަލްމާން ވަނީ، އީރާނުގެ ރައީސަށް ގުޅުއްވައި، ސަރަހައްދުގެ ރައްކާތެރިކަމާއި ސަލާމަތާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

އަދި ޚިޔާލު ތަފާތުންތައް އުފެދިފައިވާ މައްސަލަތައް ވާހަކަ ދައްކައިގެން ހައްލުކުރަން ސައުދީ އަރަބިއްޔާއިން ތާއީދު ކުރާ ކަމަށްވެސް ވިދާޅުވިއެވެ.

މި ފޯނު ކޯލުގައި، އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާންވަނީ، އިސްލާމީ ގައުމުތަކުން އީރާނާއެކު ތިބުމުން އެކަމާ އުފާކުރައްވާ ކަމަށް ވިދާޅުވެފައެވެ.

އިރާނަށް ހަމަލާދިނުމަށް ސައުދީ އަރަބިއްޔާގެ ބިންވެސް އަދި ވައިގެ ސަރަހައްދުވެސް ބޭނުން ނުކުރެވޭނޭ ކަމަށް އެ ގައުމުން މި އެންގީ، އެމެރިކާއިން އީރާނުގެ ކައިރިއަށް ވަރުގަދަ ހަނގުރާމައިގެ ލަޝްކަރެއް ޖަމާކޮށް އީރާނަށް ހަމަލާދޭން އުޅޭކަމަށް ބެލެވެމުންދާ ދަނޑިވަޅެއްގައެވެ.

މެދުއިރުމަތީގެ ގައުމުތަކުގައި އެމެރިކާގެ އަސްކަރީ ބޭސްތަކާއި، އެއަރބޭސްތައް ހުރިއިރު، އީރާނަށް ހަމަލާދިނުމަށް އުރުދުން، ގަތަރު އަދި ޔޫއޭއީގައި ގާއިމްކޮށްފައިވާ ބޭސްތައް ބޭނުން ކުރާނެއެވެ. ސައުދީ އަރަބިއްޔާގައިވެސް އެމެރިކާގެ އަސްކަރީ ބޭހެއް އޮވެއެވެ.

އީރާނަށް ފުރަތަމަ ހަމަލާތައް ދޭން ފަށާނީ އުރުދުންގައި ގާއިމްކޮށްފައިވާ އަސްކަރީ ބޭހުން ކަމަށް، އެމެރިކާ ސިފައިންގެ ހަރަކާތްތަކުން އެނގޭ ކަމަށް މަސްރަހް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

އެމެރިކާއިން މިހާރުވަނީ، ކަނޑުމަގުން ހަނގުރާމަކުރާ އެންމެ ވަރުގަދަ ލަޝްކަރުވެސް އީރާނުގެ ގާތުގައި ރުކުރުވާލާފައެވެ.

އީރާނަށް ހަމަލާދިނުމަށް ސަރަހައްދުގެ ގައުމެއް ބޭނުންކޮށްފިނަމަ އެ ގައުމަކަށްވެސް ރައްކާތެރިކަމެއް ނޯންނާނެ ކަމަށާއި، އެއީވެސް އީރާނުގެ ދުޝްމަނުން ކަމަށް ބަލާނެ ކަމަށް އީރާނުގެ ނުފޫޒުގަދަ އަސްކަރިއްޔާއިން އެތައް އިންޒާރެއް ކޮށްފައި ވެއެވެ.

އެމެރިކާއިން ދެންމެ ދެންމެ އީރާނަށް ހަމަލާދޭން ފަށާފާނެ ކަމަށް ބެލެވިފައި ވީނަމަވެސް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަންގާރަ ދުވަހު ބުނީ، އީރާނުގެ ވެރިކަމުގެ ފަރާތުން ވާހަކަ ދައްކަން ބޭނުންވާ ކަމަށް އޭނާއަށް ފެންނަ ކަމަށެވެ.

އީރާނުން ތަކުރާރު ކޮށް ބުނަމުން ގެންދަނީ، ވާހަކަ ދައްކައިގެން މައްސަލަތައް ހައްލުކުރުމުގެ ދޮރު އީރާނުން ބަންދު ނުކުރާ ކަމަށެވެ.

އެކަމަކު، ޒަޔަނިސްޓު އިސްރާއީލުގެ މުޖުރިމު ބޮޑުވަޒީރު ނަތަންޔާހޫ ތަކުރާރުކޮށް ގެންދަނީ، އީރާނަށް އަވަހަށް ހަމަލާދޭން ފެށުމަށް ޓްރަމްޕަށް ފިއްތަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގަލްފްގެ ގައުމުތަކަށްދޭ ހަމަލާތައް ނުހުއްޓައިފިނަމަ އީރާނު ހުއްޓުވަން ބާރުގެ ބޭނުން ކުރަންޖެހިދާނެ: ސައުދީ އަރަބިއްޔާ

ހަކަތައިގެ ސިނާއަތަށް ހަމަލާދީގެން ދުޝްމަނުންނަށް ހާސިލްވާނެ އެއްވެސްކަމެއްނެތް، ނަތީޖާ ވަރަށް ގޯސްވެދާނެ: އީރާނުގެ ރައީސް

އިސްރާއީލުގެ ހަމަލާއެއްގައި އަލީ ލަރިޖާނީ އަވަހާރަވެފައިވާކަން އީރާނުން ކަށަވަރުކޮށްދީފި

އައިއާރްޖީސީގެ މެމްބަރުން އިސްރާއީލު ތެރޭގައި އުޅޭކަމުގެ އަޑުތަކެއް: ޒަޔަނިސްޓު ދައުލަތުގެ ފަހަރަކު ވެރިޔަކު މަރަމުންދާ ކަމަށް ބުނޭ