ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެސްއީޒެޑްގައި ތެލާއި މިނެރަލް ހޯދުމުގެ މަސައްކަތް ހިމަނައިފި

439683 8e74529a d

ސްޕެޝަލް އިކޮނޮމިކް ޒޯންތަކުގައި (އެސްއީޒެޑް) އިންވެސްޓްކުރެވޭނެ އިގުތިސޯދީ ހަރަކާތްތަކުގެ ދާއިރާތަކުގެ ތެރޭގައި ތެލާއި މިނެރަލް ހޯދުމުގެ މަސައްކަތް ހިމަނައި، އެ ލިސްޓް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު މުރާޖައާކުރައްވައިފިއެވެ.

އަަހަރަކު އެއް ފަހަރު މި މިންގަނޑު ކަނޑައަޅަން ވާނެ ކަމަށް ސްޕެޝަލް އިކޮނޮމިކް ޒޯންގެ ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ. އެގޮތުން:

  • ސްޕެޝަލް އިކޮނޮމިކް ޒޯނެއްގައި ހިންގިދާނެ އިގުތިސޯދީ މަސައްކަތްތައް ކަނޑައަޅަން ޖެހޭ
  • އެއިން ޒޯނެއްގައި ހިމެނޭ ޖުމުލަ އިންވެސްމަންޓްގެ އެންމެ ކުޑަ މިންގަނޑު ކަނޑައަޅަން ޖެހޭ
  • ރައީސްގެ ގަރާރަކުން މިކަން ކަނޑައަޅަން ޖެހެނީ، ބޯޑް އޮފް އިންވެސްޓްމަންޓްސްގެ މަޝްވަރާގެ މަތިން
  • ކޮންމެ އަހަރެއްގެ ފެބްރުއަރީ މަހުގެ ކުރިން މުރާޖައާކޮށް ރައީސްގެ ގަރާރަކުން އަލުން ކަނޑައަޅަންޖެހޭ

ރައީސް މިއަދު ނެރުއްވި ގަރާރުގައި އެސްއީޒެޑްތަކުގައި އިންވެސްޓްކުރެވޭނެ ދެ މިންގަނޑެއް ކަނޑައަޅުއްވާފައިވެ އެވެ. އެއީ:

  • ބައެއް އިގުތިސޯދީ މަސައްކަތްތައް ހިންގަން 100 މިލިއަން ޑޮލަރަށް ވުރެ ކުޑަ ނޫން އަދަދެއް

  • ޓައުންޝިޕްމަންޓް މަޝްރޫއުތަަކަށް 500 މިލިއަން ޑޮލަރަށް ވުރެ ކުޑަ ނޫން އަދަދެއް

މަދުވެގެން 100 މިލިއަން ޑޮލަރު އިންވެސްޓްކުރަން ޖެހޭ އިގުތިސޯދީ މަސައްކަތްތަކުގެ ލިސްޓަށް ގެނެސްފައިވަނީ އެންމެ ބަދަލެކެވެ. އެއީ ލިސްޓުގައި ހިމެނޭ މަސައްކަތުގެ ދާއިރާ ފުޅާކުރުމެވެ.

ކުރިން ހިމަނާފައިވަނީ ގޭސް އެކްސްޕްލޮރޭޝަންގެ މަސައްކަތްތައް އެކަންޏެވެ. އެކަމަކު މިއަދު މުރާޖައާކޮށް ނެރުނު ލިސްޓްގައި ހިމަނާފައިވަނީ ތެލާއި ގޭހާއި މިނެރަލް އެކްސްޕްލޮރޭޝަންގެ މަސައްކަތްތައް

މީގެ އިތުރުން އިންވެސްޓްކުރެވޭ ދާއިރާތަކަކީ:

  • އެކްސްޕޯޓަށް އިސްކަންދީގެން ހިންގާ މެނުފެކްޗަރިންގެ އެކި ބާވަތުގެ މަސައްކަތްތައް
  •  ޓްރާންސްޝިޕްމަންޓް ޕޯޓް، އިންޓަނޭޝަނަލް ލޮޖިސްޓިކްސް، ޕޯޓް، އެއާޕޯޓް، ބަލްކް ބްރޭކިން، ބަންކަރިން، ޑޮކިން ހިދުމަތްތައް
  • ޔުނިވާސިޓީ، ޓާޝަރީ ހޮސްޕިޓަލް، ސްޕެޝަލިޓީ ހޮސްޕިޓަލް، ދުނިޔޭގެ ފެންވަރުގެ ރިސާޗް އެންޑް ޑިވެލޮޕްމަންޓް ފެސިލިޓީތައް
  •  ދުނިޔޭގެ ފެންވަރުގެ އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ (އައިސީޓީ) ޕާކް، އައިސީޓީއާ ގުޅޭ ފެސިލިޓީތައް
  • އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް، އިންޓަނޭޝަނަލް ޓްރޭޑް ސެންޓަރުތައް

    އިއާދަކުރަނިވި ހަކަތައިގެ ދާއިރާ

  • ރާއްޖޭގައި ނެތް ޓެކްނޮލޮޖީއެއް ރާއްޖެއަށް އާންމުކުރުމަށް ހިންގާ މަސައްކަތްތައް
  • ފުޑް ސެކިއުރިޓީގެ ދާއިރާ

ސަސްޓެއިނަބަލް ޓައުންޝިޕް ޑިވެލޮޕްމަންޓް މަޝްރޫއުތަކުގައި އެންމެ ކުޑަ އިންވެސްޓްމަންޓުގެ ގޮތުގައި ކަނޑައަޅައިފައިވާ 500 މިލިއަން އެމެރިކާ ޑޮލަރު ހާއްސަ ކުރަންވާނީ ސަސްޓެއިނަބަލް ޓައުންޝިޕް ޑިވެލޮޕްމަންޓުގެ ބައިތަކަށް ކަމަށް ވެސް ގަރާރުގައި ކަނޑައަޅާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

DSC

ޕީއެންސީގެ ކެންޑިޑޭޓުން ނޫން ބަޔަކަށް ތާއީދެއް ނުކުރަން: ރައީސް

453750 70fcf7f4 c

ކޮމަންވެލްތުގެ މެންބަރު ގައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރަށް ބަދަހިކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި

DSC

ރާއްޖޭގެ ކަނޑުން ބައެއް ދޫކޮށްލުމަކީ ޖިނާޔަތުގެ އެންމެ މަތީ ދަރަޖައިގެ ކުށެއް: ރައީސް

DSC

އައްޑޫ ކަރަންޓް މައްސަލައަށް އަންނަ އަހަރުގެ ޖުލައި މަހު ދާއިމީ ހައްލު ލިބޭނެ: ރައީސް