ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މާލެއިން މީހަކު ގެއްލިގެން ހޯދާތާ ގިނަ ދުވަސްތަކެއްފަހުން ހޯދަން އިއުލާންކޮށްފި

8w

މާލެއިން މީހަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ، ގެއްލިގެން ހޯދަމުންދަނީ އަބްދުލްއަޒީޒު މުހައްމަދު (64އ) ދޫޑިގަން. ދުންފިނިގެ / ޏ.ފުވައްމުލައް، ކަމަށެވެ. އޭނާ މަސައްކަތްކުރަނީ މުދާ އުފުލާ ދޯނިފަހަރުގައި ކަމާއި އޭނާގެ ހަބަރެއް އާއިލާއަށް އެންމެ ފަހުން ވެފައިވަނީ 2025 ސެޕްޓެމްބަރު 3 ވަނަ ދުވަހު ފޯނުން ކަމަށް އޭނާގެ އާއިލާ ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ.

އަދި އަބްދުލްއަޒީޒު މުހައްމަދު އާއިލާގެ މީހަކަށް އެންމެ ފަހުން ފެނިފައިވަނީ 2025 ނޮވެމްބަރު މަސްތެރޭގައި އައިޖީއެމްއެޗް ކައިރިން ކަމަށް ވެސް އޭނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވެއެވެ.

ގެއްލިފައިވާކަމަށް ފުލުހުންނަށް ރިޕޯޓުކުރުމާ ގުޅިގެން، ކަމާބެހޭ އެންމެހައި ބަހާތަކަށް އެ މައުލޫމާތު ހިއްސާކޮށް، އޭނާ ހޯދުމުގެ މަސައްކަތް ކުރި ނަމަވެސް މިހާތަނަށް އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ނުވަތަ އުޅޭތަނެއް ދެނެގަނެވިފައި ނުވާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

އެހެންކަމުން އަބްދުލްއަޒީޒު މުހައްމަދުއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ 3322111 އަށް ނުވަތަ ފުވައްމުލައް ޕޮލިސް ސްޓޭޝަން ނަންބަރު 9792803 އަށް ގުޅުމަށް ފުލުހުން އެދިފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Mussss

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު މާވަށުން މީހަކު ހައްޔަރުކޮށްފި

އޭދަފުއްޓަށް މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

police

ފުލުހުން ސްކޭމްތަކާ ދެކޮޅަށް އޮޕަރޭޝަނެއް ފަށައިފި

Mussss

ދީނަށް ފުރައްސާރަކުރި އާމިރު ހޯދައި ނުފެނުނު!