ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކުރިމަގު ގައުމަށް ހޯދައިދެވޭނީ ތައުލީމީ ޒިންމާ އަދާކުރުމުގައި އިހުލާސްތެރިވީ މިންވަރަކުން: ރައީސް

raees muiz

ކުރިމަގު ގައުމަށް ހޯދައިދެވޭނީ ތައުލީމީ ޒިންމާ އަދާކުރުމުގައި އިހުލާސްތެރިވީ މިންވަރަކުން ކަމަށައި ތައުލީމު އުނގެނުމާއި އުނގަންނައިދިނުމަކީ ދީނީ އަދި ގައުމީ ޒިންމާއެއް ކަމުގައި ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުއިއްޒު މިހެން ވިދާޅުވީ ބޮޑު ޗުއްޓީއަށްފަހު ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފެށުމާ ގުޅިގެން، ފޮނުއްވި ތަހުނިޔާގެ މެސެޖުގައެވެ.

“ތައުލީމު އުނގެނުމާއި އުނގަންނައިދިނުމަކީވެސް ވަރަށް ބޮޑު ދީނީ އަދި ގައުމީ ޒިންމާއެއް. ދިވެހީން އެދޭ ފާގަތި ކުރިމަގު މި ގައުމަށް ހޯދައިދެވޭނީ މި ޒިންމާ އަދާކުރުމުގައި އަޅުގަނޑުމެން އެންމެން އެއްބާރުލައި އިހުލާސްތެރިވީ މިންވަރަކުން” ތައުލީމީ ނިޒާމު ހަރުދަނާކޮށް ކުރިއެރުވުމަށާއި ހެޔޮލަފާ، ތޫނުފިލި، އުޅުން ރީތި ދަރީންތަކެއް ދިވެހި ތަޢުލީމީ ހިޔާވަހިތަކުގައި ބޮޑެތި ކުރުމުގެ ހެޔޮ ތައުފީޤު ދެއްވާށި. އާމީން” ރައީސް

އިސްލާމްދީނަށާއި ދިވެހި ގައުމަށް ލޯބިކުރާ، އުޅުމާއި ސުލޫކު ރަނގަޅު، ހަރުދަނާ އަދި ހީވާގި ދަރީންތަކެއް މި ގައުމުގައި ބިނާކުރެވޭނީ ތައުލީމާއި ތަރުބިއްޔަތަށް އަހައްމިއްޔަތުކަން ދީގެން ކަމަށް ރައީސްގެ ތަހުނިޔާ މެސެޖުގައި ފާހަގަކުރެއްވިއެވެ.

މި އަހަރަށް ސްކޫލްތަކުގެ ކިޔެވުން މިއަދު ފަށާއިރު، ތައުލީމީ ދާއިރާގެ އެންމެހައި ހިންގުންތެރީންނަށާއި ޓީޗަރުންނަށާއި ބެލެނިވެރީންނަށާއި ލޮބުވެތި ދަރިވަރުންނަށް ކާމިޔާބީއަށް އެދިވަޑައިގަންނަވާ ކަމަށް ރައީސްގެ މެސެޖުގައި ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ދޮރުން ދޮރަށް ހަރަކާތުގެ ދެވަނަ ބުރުގައި މިއަދު މާފަންނު ހުޅަނގަށް ރައީސް ވަޑައިގެންފި

dhigu rashu

ދިގުރަށުގައި ހިނގި އަލިފާނުގެ ހާދިސާ ފުރިހަމައަށް ތަހުގީގުކުރަން ރައީސް އަންގަވައިފި

ދިގުރަށުގެ އަލިފާނުގެ ހާދިސާގައި ނިޔާވި މީހުންގެ އާއިލާތަކަށް ރައީސް ތަޢުޒިޔާ ފޮނުއްވައިފި

ރައީސްގެ ދެކަނބަލުން އީދުސަލާން ކުރެއްވުން މިފަހަރުވެސް މުލިއާގޭގައި އޮންނާނެ