ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އޮސްޓްރޭލިއާ އަކީ ތަރައްގީގެ ގާތް ބައިވެރިއެއް، އެކަން އަބަދުވެސް ފާހަގަކުރާނަން: ރައީސް

990

އޮސްޓްރޭލިއާގެ ގައުމީ ދުވަހުގެ ތަހުނިޔާ ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވައިފިއެވެ.

ރައީސް މުއިއްޒު ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އޮސްޓްރޭލިއާގެ ގަވަނާ ޖެނެރަލް ސަމާންތާ ޖޯއި މޮސްޓިންއާއި ބޮޑުވަޒީރު އެންތަނީ އަލްބަނީސްއަށާއި އެ ގައުމުގެ ސަރުކާރާއި އެ ގައުމުގެ ރައްޔިތުނަށް “އޮސްޓްރޭލިއާ ޑޭ” ގެ ތަހުނިޔާ ފޮނުއްވާފައެވެ.

ރައީސް މުއިއްޒުގެ ޕޯސްޓްގައި އެމަނިކުފާނު ވިދާޅުވެފައިވަނީ، އޮސްޓްރޭލިއާއަކީ ރާއްޖޭގެ ތަރައްގީގެ ގާތް ބައިވެރިއެއް ކަމަށެވެ. އަދި އެކަން ރާއްޖެއިން އަބަދުވެސް ފާހަގަކުރާކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން އޮސްޓްރޭލިއާއަށް ކުރިއެރުމާއި ތަނަވަސްކަމުގެ އައު އުސްމިންތަކެއް ހާސިލުވުމަށް އެދިވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ.

“އޮސްޓްރޭލިއާ ޑޭ” ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ޖެނުއަރީ 26 ވަނަ ދުވަހުއެވެ. ދިވެހިރާއްޖެއާއި އޮސްޓްރޭލިއާއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ޤާއިމްކުރެވުނީ 1974 ވަނަ އަހަރުގެ ޖެނުއަރީ 25 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

DSC

ޕީއެންސީގެ ކެންޑިޑޭޓުން ނޫން ބަޔަކަށް ތާއީދެއް ނުކުރަން: ރައީސް

453750 70fcf7f4 c

ކޮމަންވެލްތުގެ މެންބަރު ގައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރަށް ބަދަހިކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި

DSC

ރާއްޖޭގެ ކަނޑުން ބައެއް ދޫކޮށްލުމަކީ ޖިނާޔަތުގެ އެންމެ މަތީ ދަރަޖައިގެ ކުށެއް: ރައީސް

DSC

އައްޑޫ ކަރަންޓް މައްސަލައަށް އަންނަ އަހަރުގެ ޖުލައި މަހު ދާއިމީ ހައްލު ލިބޭނެ: ރައީސް