ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އުރީދޫ ގޯލްޑަން ފުޓްސަލްގެ ދެވަނަ ނަސީބުވެރިޔަކަށް އަލީ ޝާހިދު

ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގައި އުރީދޫ މޯލްޑިވްސްގެ ހާއްސަ އޮފާގެ ދެވަނަ ނަސީބުވެރިޔާ ހޮވައިފިއެވެ.

އުރީދޫ މޯލްޑިވްސްގެ ހާއްސަ އޮފާގެ ދެވަނަ ނަސީބުވެރިޔަކަށް ހޮވިފައިވަނީ މާލެއަށް ނިސްބަތްވާ އަލީ ޝާހިދެވެ.

ގޯލްޑަން ފުޓްސަލް މެޗުތައް ކުރިއަށްގެންދާ ދުވަސްތަކުގައި ހުޅުމާލޭގައި ހުންނަ ރެހެންދި ޓާފްގައި ބަހައްޓާފައި ހުރި އުރީދޫ ޓެންޓުން އުރީދޫގެ ސާވިސްއެއް ހިޔާރުކޮށްގެން ކޮންމެ ހަފުތާއަކު އަގުހުރި އިނާމެއް ލިބޭ ޕްރޮމޯޝަނެއް ވަނީ ފަށައިފައެވެ.

އުރީދޫ މޯލްޑިވްސްގެ ޕްރީޕެއިޑް، ޕޯސްޓްޕެއިޑް، ސުޕާނެޓް ހިދުމަތް އަދި 5ޖީ ޑިވައިސްއެއް ނެގި ކަމުގައިވިޔަސް، އެ ލަކީ ޑްރޯ ގައި ބައިވެރިވެވޭނެއެވެ.

އެ އޮފާގައި އަގުހުރި އެތައް އިނާމެއް ހިމެނިފައިވާ އިރު، އޭގެ ތެރޭގައި ޓީވީ، ފްރިޖް، ސޯފާ، މައިކްރޯވޭވް ފަދަ ބޭނުންތެރި އިނާމުތައް ވަނީ ހިމެނިފައެވެ. އަދި އެ ޕްރޮމޯޝަނުގެ ހާއްސަ އިނާމެއްގެ ގޮތުގައި ކޮންސިއާޖް ގްރޫޕްގެ ފަރާތުން މެލޭޝިއާއަށް ދެ މީހަކަށް ދެކޮޅު ޓިކެޓް ލިބިގެންދާނެއެވެ.

އެ ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ މަހުގެ 14 ވަނަ ދުވަހު ގޯލްޑަން ފުޓްސަލް ޗެލެންޖު ނިމުމާ ހަމައަށެވެ. މެޗުތައް ކުރިއަށްދާ ކޮންމެ ދުވަހަކު ރެހެންދި ޓާފުގައި ބެހެއްޓިފައިވާ އުރީދޫ ޓެންޓުގައި އުރީދޫ ޓީމުން ކަސްޓްމަރުންނަށް އެހީތެރިވުމަށް ހަރަކާތްތެރިވަމުންދާނެ ކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އުރީދޫން ހިއްސާއަކަށް މިފަހަރު ބަހާނީ 3.54 ރުފިޔާ

ooreedo

އުރީދޫގެ އަހަރީ އާންމު ޖަލްސާ މާޗް މަހުގެ 4 ގައި

އުރީދޫގެ ސީއީއޯއަކަށް ޝާޑީ ގަވަސްމީ އައްޔަންކޮށްފި

އުރީދޫ ނޭޝަން އިން 2 މުބާރާތަކަށް ހުޅުވާލައިފި