ކުއްލި ޚަބަރު

24 ގަޑިއިރުގެ ތެރޭގައި އީރާނަށް ހަމަލާދޭން ފަށާނެ؟ ސަރަހައްދު “ބޮމެއްފަދައިން” ގޮވަން ތައްޔާރުވެފައި

ރާއްޖޭގެ ތަރައްގީއަށް އިންޑިއާއިން ދޭ އެއްބާރުލުން ފާހަގަކުރަން: ރައީސް

ހެޔޮއެދޭ ފަރާތެއްގެ ދީލަތި އެހީގައި އޮމަދޫގައި ބިނާކުރި މިސްކިތް ހުޅުވައިފި

ޤައުމީ ޓީމު ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މާދަމާރޭ، މަރުޙަބާ ކިއުމަށް ޚާއްސަ ހަރަކާތްތަކެއް

ފުރަތަމަ ފަހަރަށް ބޭއްވި ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ތައްޓާއެކު ރާއްޖޭގެ ޤައުމީ ޓީމު ރާއްޖެ އައުމުން ހޫނު މަރުޙަބާއެއް ކިއުމަށް ގިނަ ހަރަކާތްތަކެއް ބައްވަން ނިންމައިފިއެވެ.

ޤައުމީ ޓީމު ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މާދަމާރެއެވެ. ކުޅިވަރު ވުޒާރާއި ފުޓުބޯޅަ އެސޯސިއޭޝަން ގުޅިގެން ޓީމަށް މަރުހަބާ ކިއުމަށް ހަމަޖެހިފައިވާއިރު ވީހާވެސް ގިނަ ރައްޔިތުން މި ހަރަކާތްތަކުގައި ބައިވެރިވުމަކީ ސަރުކާރުގެ އެދުމެކެވެ.

އުޒްބަކިސްތާނުގެ ކޯޗު ފަރޫކް ޒަކިރޯވްގެ އިރުޝާދުގެ ދަށުން ސަރަހައްދީ މުބާރާތްތަށް ނިކުތް ޤައުމީ ޓީމުން ހޯދި ފަޚުރުވެރި ކާމިޔާބީ ކުލަގަދަކޮށް ފާހަގަ ކުރުމަށް މާދަމާރޭ އެއާޕޯޓާއި މާލޭގައިވެސް ޚާއްސަ ހަރަކާތްތަކެއް ވަނީ ރާވާފައެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީން ކުޅުންތެރިންނަށް މަރުހަބާ ދެންނެވުމަށްފަހު ކުޅުންތެރިން މާލެ އައިސް އަމީނީ މަގާއި މަޖީދީމަގުން ތައްޓާއެކު ޕިކަޕުގައި ދަތުރު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އާޓިފިޝަލް ބީޗުގައި ޓީމަށް މަރުޙަބާ ކިއުމުގެ ޚާއްސަ ހަރަކާތްތަކެއް ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
ގައުމީ ފުޓްސަލް ޓީމުން ހޯދި ތާރީޚީ ކާމިޔާބީ ފާހަގަކުރުމަށް މާދަމާރޭ 10:00 ގައި ހަވާ އެރުވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ރާއްޖެއިން ކާމިޔާބުކުރީ ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް ސަރަހައްދުގެ ގަދަ ބާރުތައް ފަހަތަށް ޖައްސާލުމަށްފަހުގައެވެ. ޤައުމީ ޓީމުގެ މި ކާމިޔާބީއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ ޤައުމީ ޓީމުގެ ކުޅުންތެރިންނަށް އެއް މިލިއަން ރުފިޔާ ދޭން ނިންމަވާފައެވެ.

ގައުމީ ޓީމަށް މަރުހަބާ ކިއުމަށް ބާއްވާ ހަރަކާތްތައް ޕީއެސްއެމްގެ ޗެނަލްތަކުން ވަގުތުން ގެނެސްދޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ރާއްޖެއަށް ތާރީީޚީ ދުވަހެއް، ސާފް ފުޓްސަލް މުބާރާތް ރާއްޖެއިން ކާމިޔާބުކޮށްފި

futsal team

ރާއްޖެ އަދި ބޫޓާން ބައްދަލުކުރާ މެޗު، މޮޅުވެއްޖެނަމަ ރާއްޖެއަށް ޗެމްޕިއަންކަން ކަށަވަރުވާނެ

ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ރާއްޖެއިން ބޮޑު ނަތީޖާއަކުން އިންޑިއާ ބަލިކޮށްފި

futsal team

ސާފް ފުޓްސަލް ޗެމްޕިއަންޝިޕް: ރާއްޖެ ތާވަލްގެ އެއްވަނައިގައި

TTH_advertisement