ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރާއްޖޭގައި ބާއްވާ 20 އަހަރުން ދަށު ސާފް ޗެމްޕިއަންޝިޕްގެ ގުރު ނަގައިފި

މިއަހަރު މާޗް މަހު ރާއްޖޭގައި ބާއްވަން ތާވަލުކޮށްފައިވާ ސާފް 20 އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތުގެ ގުރު ރޭ ނަގައިފިއެވެ.

ސާފްގެ 20 އަހަރުން ދަށުގެ މުބާރާތް ރާއްޖޭގައި ބާއްވާނީ މާޗް މަހުގެ 22 އިން އޭޕްރީލް ތިނަކަށެވެ.

ތައިލެންޑްގެ ބެންކޮކްގައި ރޭ ގުރު ނަގާފައިވާ އިރު، މުބާރާތުގައި ހަތް ގައުމަކުން ވާދަކުރާނެއެވެ. އެއީ ރާއްޖެ އާއި ބަންގްލަދޭޝް، ބޫޓާން، އިންޑިއާ، ނޭޕާލްގެ އިތުރުން ޕާކިސްތާނާއި ސްރީ ލަންކާއެވެ. ގްރޫޕް ސްޓޭޖު ކުރިއަށްދާނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް އޭގެ އެއްވަނަ މަގާމު ހޯސްޓް ދިވެހި ރާއްޖެއަށް ދީފައިވާ އިރު، ދެން އެ ގްރޫޕުގައި ހިމެނެނީ ނޭޕާލާއި ބޫޓާން އަދި ސްރީ ލަންކާއެވެ.

އަނެއް ގްރޫޕުގައި ހިމެނެނީ ތިން ޓީމެވެ. އެއީ ބަންގްލަދޭޝް، އިންޑިއާ އަދި ޕާކިސްތާނެވެ.

މީގެ ކުރިން ރާއްޖެއިން އެންމެފަހުން ޔޫތު މުބާރާތެއް ހޯސްޓް ކުރީ އައްޑޫ ސިޓީގައެވެ. އެއީ 2019 ވަނަ އަހަރު ބޭއްވި ޔޫއެފާ އެސިސްޓް 15 އަހަރުން ދަށުގެ މުބާރާތެވެ.

ރާއްޖޭން ވަނީ 2008 ވަނަ އަހަރާއި 2021 ވަނަަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ހޯސްޓްކޮށްފައެވެ. އޭގެ ތެރެއިން 2008 ގެ މުބާރާތް ހޯސްޓްކުރީ ސްރީ ލަންކާއާ ގުޅިގެންނެވެ. އެކަަމަކު 2021 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ހޯސްޓަކީ ރާއްޖެ އެކަންޏެވެ. އެފަހަރު މުބާރާތަށްފަހު އިނާމު ފައިސާ ދިނުމުގައި ރާއްޖޭން ލަސްތަކެއް ކުރިމަތިވުމުން ސާފާ ގުޅުން ގޯސްވި ނަމަވެސް، އެފްއޭއެމްގެ އާ އެކްސްކޯއިން އެ ދަރަނިތައް ހަލާސްކުރުމުން ރާއްޖެއަށް އަނެއްކާވެސް ވަނީ އިތުބާރު ހޯދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ali ashfaq

އަޝްފާގު އެނބުރި ޤައުމީ ޓީމަށް

gaumee football team

ގައުމީ ޓީމު އެކުލަވާލައިފި

އެފްއޭއެމް އިން މި އަހަރަށް 48 މިލިޔަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފި

Aqeel

އެފްއޭއެމްގެ ހިޔާނާތުގައި ދައުވާކުރާ މުހައްމަދު އަގީލް ބެންކޮކުން ހައްޔަރުކޮށްފި