ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޤައުމީ ޔުނިވާރސިޓީން މިއަހަރު 125 ކޯހަކުން 4000 އެއްހާ ޖާގައަށް ހުޅުވާލާފައިވޭ

students university

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން މިއަހަރުގެ ފެބްރުއަރީ މަހު ފެށުމަށް ހަމަޖެހިފައިވާ 125 ކޯހަކުން ގާތްގަނޑަކަށް 4000 އެއްހާ ޖާގައަށް ހުޅުވާލާފައިވާކަމަށް އެ ޔުނިވަރސިޓީގެ ރެޖިސްޓްރާ މުޙައްމަދު ޟާމިރު ވަނީ ހާމަކުރައްވާފައެވެ. މި ކޯސްތަކުގެ ތެރޭގައި ޔުނިވަރސިޓީގެ 12 ފެކަލްޓީއަކުން ހިންގާ ތަފާތު ލެވެލްތަކުގެ ކޯސްތައް ހިމެނެއެވެ.

މި އަހަރު މުޅިން އަލަށް 6 ކޯހެއް ތައާރަފްކުރުމަށް ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި ލޭންގުއޭޖް ފޯ ހޮސްޕިޓާލިޓީ، އިންޖިނިއަރިންގް ދާއިރާގެ މާސްޓަރސް ކޯސް، ފުޑް ސައިންސް، ފުޑް ސޭފްޓީ އެންޑް ކޮލިޓީ އެޝިއުރަންސް، ބެޗްލަރ އޮފް ސައިކޮލޮޖީ (އޮނާސް) އަދި މާސްޓަރ އޮފް ރިސަރޗް އިން ޕަބްލިކް ހެލްތު ހިމެނެއެވެ. މީގެ އިތުރުން ކުރިން ހިންގަމުން އައި ޕަބްލިކް ހެލްތު ކޯސް ވަނީ އަލުން ފަރުމާކޮށް ހުޅުވާލާފައެވެ.

ދަރިވަރުންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމުގެ ގޮތުން، ބައެއް ކޯސްތައް ވަނީ ވަޒީފާގައި ތިބެގެން ކިޔެވޭނެ ގޮތަށް ބަދަލުކޮށްފައެވެ. އެގޮތުން މާސްޓަރ އޮފް ނާރސިންގް ކޯސް ކޮންމެ ދުވަހަކު ކުލާހަށް އަންނަން ނުޖެހޭ ގޮތަށް މާލެއާއި އަތޮޅުތެރޭގެ 4 ކެމްޕަހެއްގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މި ކޯސްތަކަށް ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 26 ވަނަ ދުވަހެވެ. މިހާރުވެސް ގިނަ އަދަދެއްގެ ޒުވާނުންނާއި އެކި އުމުރުފުރާގެ މީހުން ކޯސްތަކަށް ކުރިމަތިލަމުންދާކަން ޔުނިވަރސިޓީން ފާހަގަކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމަށް އޭސީސީއާއި އެމްއެންޔޫއާ ދެމެދު ފަހުމުނާމާއެއް

ދިވެހިބަހުން ޕީއެޗްޑީ ހާސިލްކުރެއްވި ފުރަތަމަ ބޭފުޅަކަށް ޑރ. އާމިނަތު ޒާހިރާ

ހުޅިމެންދޫގައި ހޮޓެލް ސްކޫލަކާއި ރިސޯޓެއް ތަރައްޤީކުރުމަށް ހަވާލުކޮށްފި

މިހާތަނަށް 641 ފަރާތަކުން ބާ ކައުންސިލުގެ އިމްތިޙާނު ފުރިހަމަކޮށްފި