ކުއްލި ޚަބަރު

ބޭންކް އޮފް މޯލްޑިވްސްއިން ވިޔަފާރިތަކަށް ބަލްކް ޕޭމަންޓް ޚިދުމަތް މިހާރު ލިބޭނެ

ސްކޭމްގެ މައްސަލައަކާ ގުޅިގެން ބިދޭސީންތަކެއް ހައްޔަރުކޮށްފި

މަސްދަޅު ކޭސް ބެހުން ބާރަށް ކުރިއަށް، 4000އަށްވުރެ ގިނަ ގޭބިސީއަކުން ނަންބަރު ނަގައިފި

ޕީއެންސީގެ 1300އަށްވުރެ ގިނަ ކެންޑިޑޭޓުން ކައުންސިލްތަކަށް އިންތިޚާބުކޮށްދިނުމަށް ރައީސް އެދިވަޑައިގެންފި

DSC04658

ޕީއެންސީގެ 1300އަށްވުރެ ގިނަ ކެންޑިޑޭޓުން ކައުންސިލްތަކަށް އިންތިޚާބުކޮށްދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދިވެހި ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފިއެވެ.

ރައީސް މިކަމަށް އެދިވަޑައިގަތީ މާލޭގައި މިއަދު ބޭއްވި ޕީއެންސީގެ ކެމްޕެން ހަރަކާތެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ ތަރައްގީ މަޑުޖައްސާލައި ގައުމުގައި ހަމަނުޖެހުން އުފައްދަން މަސައްކަތްކުރުމަކީ އެއްވެސް ރައްޔިތަކު ކުރާނެ ކަމެއް ނޫން ކަމަށެވެ.

“މި ހުރިހާ ހަމަޖެހުމެއް ގައުމުގައި އޮއްވާ ރަށެއްގައި ސިޓީއެއްގައި ސަކަރާތް ޖަހައި، ރައްޔިތުންގެ ތެރޭގައި ސަރުކާރުން ކުރިއަށް ގެންދަން އުޅޭ ކަންކަމުގައި ހުރަސްތައް ކުރިމަތި ކުރުވައި، ހަމަނުޖެހުން އުފައްދައި ތަރައްގީ މަޑުޖައްސުން ފަދަ ކަންކަން ކުރަން ޖާގަ ދިނުމަކީ އެއްވެސް ރައްޔިތަކު ކުރައްވާނެ ކަމެއް ނޫން. އެކަމަށް ޖާގަ ނުދައްވައި، ރައްޔިތުންނާއި އެކީގައި މި އޮތް ސަރުކާރު، ރައްޔިތުންނާއި އެކީގައި ހިތްވަރާއެކު ކުރިއަށް ވަޑައިގަތުން އަޅުގަނޑުމެންގެ ފަރާތުން ކުރިމަތިލާފައިވާ 1300 އަށްވުރެ ގިނަ ކެންޑިޑޭޓުން ހެޔޮހިތުން ބަލައިގަނެ ހޮއްވަވައިދެއްވާށޭ،”. ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނުގެ ސަރުކާރަކީ ރައްޔިތުންނާއި ބައްދަލުކޮށް، ރައްޔިތުންގެ އަޑު އަހައި، ރައްޔިތުންގެ ވިންދާއި އިހުސާސްތައް ގާތުން ދެނެގަނެ، އެއާ އެއްގޮތަށް ކަންކަން ކުރާ ސަރުކާރެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

“އެހެންވީމަ ރައްޔިތުންނާއި ސަރުކާރާއި މެދަށް އިދިކީލަ ވިސްނުންތަކެއް ނުވައްދަވާށޭ، ވައްދަން ފުރުސަތު ނުދެއްވާށޭ، ސިޔާސީ ސަކަރާތް ޖެހުމާއި، ސިޔާސީ ޖަގަޑާ ހެދުމާއި، އެކި ކަހަލަ ގޮތްގޮތުން ރައްޔިތުންނާއި ސަރުކާރާ ދޭތެރެއަށް ހުރަސްތަކެއް ކުރިމަތިވާނެ ފުރުސަތު ކައުންސިލް އިންތިހާބުގައި ނުދެއްވާށޭ، މި ސަރުކާރު މި އޮތީ އަޅުގަނޑުމެންގެ ރައްޔިތުންނާއި އެކީގައި،”. ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުފުޅުތައް ހުރީ ލިޔެވިފައި ކަމަށާއި، ކަންކަން ބާރު ސްޕީޑްގައި އެކި މަރުހަލާތަކުގައި ކުރިއަށް ދާނެ ކަމަށެވެ. އަދި ކައުންސިލްތަކަށް ހޮވަންވީ އެކަންކަމުގައި ހިފައި، އެކަންކަމަށް ބާރު އަޅައިދީ، ހިތްވަރުދީ މަގުފަހިކޮށްދޭނެ ބައެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

WhatsApp Image 2026 01 20 at 14.33.52

ހުޅުމާލޭ ފޭސް ތިނެއް ހިއްކާ ނިންމާލައިފި

338785 01b42110 6

ކަރާޗީގައި ހިނގި ނުރައްކާތެރި ހާދިސާއާ ގުޅިގެން ރައީސް މުއިއްޒު ޕާކިސްތާނުގެ ބޮޑުވަޒީރަށް ތައުޒިޔާ ފޮނުއްވައިފި

443555 da59a6cf 3

މަތިންދާ ބޯޓް ވެއްޓުމުގެ ހާދިސާއާ ގުޅިގެން އިންޑޮނޭޝިއާގެ ރައީސަށް ރައީސް މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ

443555 da59a6cf 3

ރައީސް ޑޯޕިންގ އެޖެންސީ އުފައްދަވައިފި

TTH_advertisement