ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދިއްދޫ ފަޅުން 41 ހެކްޓަރުގެ ބިން ހިއްކާލީ އެންމެ 20 ދުވަހުން، މަސައްކަތް ދަނީ ބާރަށް ކުރިއަށް

WhatsApp Image 2026 01 24 at 19.23.29

ހއ. ދިއްދޫގައި އެއާޕޯޓު ތަރައްގީކުރުމަށާއި އަސާސީ އެހެނިހެން ބޭނުންތަކަށް ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން 20 ދުވަސްތެރޭ 41 ހެކްޓަރުގެ ބިން ހިއްކައި ނިންމާލައިފިއެވެ.

ދިއްދޫގެ ހުޅަނގު ފަރާތް ހިއްކުމުގެ މަޝްރޫއުގެ ދަށުން، އެމްއޭސީއެލުން 110 ހެކްޓަރުގެ ބިމެއް އެ ރަށަށް އިތުރުކުރާނެއެވެ. އެ މަސައްކަތް އެމްއޭސީއެލުން ފެށީ މިމަހުގެ ފަސްވަނަ ދުވަހުއެވެ.

އެމްއޭސީއެލް އިން ބުނީ، ދިއްދޫގައި ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން މިހާތަނަށް 41 ހެކްޓަރުގެ ބިން ހިއްކައި، 36.6 ޕަސެންޓުގެ މަސައްކަތް މިހާތަނަށް ނިންމާފައިވާ ކަމަށެވެ.

ދިއްދޫގެ ބިން ހިއްކަނީ ލަގްޒަމްބާގަށް ނިސްބަތްވާ ލީފް އެރިކްސަން ނަމަކަށް ކިޔާ ކޮންނަ ބޯޓު، ނުވަތަ ޑްރެޖަރު ބޭނުންކޮށްގެންނެވެ. އެކާޅީސް މީޓަރު ފުޅާ، 223 މީޓަރު ދިގު މި ޑްރެޖަރުން ދުވާލަކު 46،000 ކޮޑިމީޓަރުގެ ވެލި ނެގުމުގެ ގާބިލުކަން ލިބިގެންވެއެވެ.

ސަރުކާރުގެ އަމާޒަކީ އަންނަ މަހުގެ ނިޔަލަށް ދިއްދޫ ބިން ހިއްކުމުގެ މަސައްކަތް ނިންމުމެވެ. އެއަށްފަހު އެ ރަށުގައި އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް ފަށާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

WhatsApp Image 2026 03 03 at 15.12.34

ދިއްދޫ ފުޓްބޯޅަ ދަނޑު ތަރައްޤީ ކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފި

velana airport

ފުރަން ދިއުމުގެ ކުރިން ފްލައިޓް މައުލޫމާތު ސާފުކުރުމަށް އެމްއޭސީއެލުން އެދިއްޖެ

66

ދިއްދޫ ރައްޔިތުން އެދުނުގޮތަށް 112 ހެކްޓަރުގެ ބިން ހިއްކައި ނިންމާލައިފި

macl velana airport

މިރެއިން ފެށިގެން އެއާޕޯޓުގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް