ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހުޅުމާލޭ ފޭސް ތިނެއް ހިއްކާ ނިންމާލައިފި

WhatsApp Image 2026 01 20 at 14.33.52

މާލޭގެ ރައްޔިތުންނަށް މިދިޔަ ސަރުކާރުން ގޯތި ދީފައިވާ ހުޅުމާލެ ފޭސް ތިނެއް ހިއްކުމުގެ މަސައްކަތް ނިންމާލައިފިއެވެ.

ހުޅުމާލެ ފޭސް ތިނެއް ހިއްކީ އެމްއޭސީއެލްއާ ހަވާލުކޮށްގެންނެވެ. އެފަޅު ހިއްކަން ގެނައީ ދުނިޔޭގެ އެންމެ ބޮޑެތި ޑްރެޖަރުތަކުގެ ތެރެއިން ޑްރެޖަރުތަކެވެ. އެ ޑްރެޖަރުތަކަކީ އެއް ފަހަރާ 22،000 ކިއުބިކް މީޓަރުގެ ވެލި ނެގުމުގެ ކެޕޭސިޓީ ހުރި ޑްރެޖަރު ކަމަށްވާ ޕްރިންސް ދަ ނެދަލޭންޑެން އަދި އޮރެންޖް އިންނެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތްއިރު، ހުޅުމާލެ ތިން ވަނަ ފިޔަވަހީގައި ހިއްކާފައި އޮތީ ވަރަށް ކުޑަ ސަރަހައްދެކެވެ. އެ ތަނުގައި 100 އެއްހާ ގޯތި ދެވޭ ވަރަށް ވެސް ބިން ހިއްކާފައި ނެތެވެ. ހުޅުމާލެ 3 އިން އޭރު ދޭން ނިންމާފައި އޮތީ 698 ގޯއްޗެވެ.

މި ސަރުކާރުން މިހާރު އެ ވަނީ އެ ފަޅު ހިއްކައި ނިންމާލާފައެވެ.

ޕީއެންސީގެ ކެމްޕެއިން ހަރަކާތެއްގައި މިއަދު ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، މިދިޔަ ސަރުކާރުން ކަނޑު ފަޅުން ދިން ގޯތިތައް ހިއްކައި ނިންމައި، ހަވާލު ކުުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށެވެ. އަދި ހުޅުމާލެ ތިން ވަނަ ފިޔަވަހި ހިއްކާ ނިމިފައިވާ ކަން ވެސް ރައީސް އިއުލާން ކުރެއްވިއެވެ.

“ހުޅުމާލޭގެ ތިން ވަނަ ފިޔަވަހި އޮތީ ހިއްކާ ނިމިފައި މިހާރު، ގިރާވަރުފަޅު، ގުޅީފަޅުން ގޯތިތައް ދީ ނިމި ގޯތިތައް ހަވާލު ކުރުމުގެ މަސައްކަތްވެސް ކުރިއަށް ދާނެ، ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ފަށަން ތައްޔާރުވެ، ދެ ޑެރަޖަރު އޮތީ އެތަނުގެ ކައިރީގައި،”. ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

DSC

ޕީއެންސީގެ ކެންޑިޑޭޓުން ނޫން ބަޔަކަށް ތާއީދެއް ނުކުރަން: ރައީސް

WhatsApp Image 2026 03 10 at 21.40.54 (1)

ރަޝީދު މިސްކިތުގެ ބިލޫރިގަނޑެއް ތަޅައިގެން ހިނގައްޖެ

453750 70fcf7f4 c

ކޮމަންވެލްތުގެ މެންބަރު ގައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރަށް ބަދަހިކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި

DSC

ރާއްޖޭގެ ކަނޑުން ބައެއް ދޫކޮށްލުމަކީ ޖިނާޔަތުގެ އެންމެ މަތީ ދަރަޖައިގެ ކުށެއް: ރައީސް