ކުއްލި ޚަބަރު

އޭދަފުށީގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހަކު މަރުވެއްޖެ

ގިރާވަރުފަޅު ހިއްކަން ފަށައިފި

އެފްއޭއެމްގެ ހިޔާނާތުގައި ދައުވާކުރާ މުހައްމަދު އަގީލް ބެންކޮކުން ހައްޔަރުކޮށްފި

ރާއްޖެއަށް ތާރީީޚީ ދުވަހެއް، ސާފް ފުޓްސަލް މުބާރާތް ރާއްޖެއިން ކާމިޔާބުކޮށްފި

ފުރަތަމަ ފަހަރަށް ބޭއްވި ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ދިވެހިރާއްޖެއިން ހޯދައިފިއެވެ. ރާއްޖެއިން މި ތަށި ކަށަވަރުކުރީ ބޫޓާނާ ދެކޮޅަށް ކުޅުނު މެޗު 1-3 އިން ކާމިޔާބުކޮށްގެންނެވެ. މިއީ ބައިނަލްއަގްވާމީ ފުޓްސަލް މުބާރާތަކުން ރާއްޖެއަށް ލިބުނު ފުރަތަމަ ކާމިޔާބީއެވެ.

ބޫޓާނާ ދެކޮޅަށް ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑުނެގީ ބޫޓާނުންނެވެ. ނަމަވެސް، އަބްދުﷲ ޖުނައިދު (ޖެންނޭ) ޖަހައިދިން ލަނޑުން ފުރަތަމަ ހާފު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ދެވަނަ ހާފުގައި އަހްމަދު ހަމީދު (އައްމަޑޭ) އަދި ކެޕްޓަން މުޙައްމަދު އިމްރާން (އިންމި) ޖަހައިދިން ލަނޑުތަކާއެކު ރާއްޖެއިން ވަނީ މެޗު ކާމިޔާބުކޮށްފައެވެ.

މި މުބާރާތުގައި ރާއްޖެއިން މިހާތަނަށް ކުޅުނު ފަސް މެޗުން ވެސް ވަނީ މޮޅުވެފައެވެ. ރާއްޖެއަށް 15 ޕޮއިންޓް ލިބިފައިވާއިރު، ތާވަލުގެ ދެވަނައިގައި އޮތް ޕާކިސްތާނަށް ބާކީ އޮތް މެޗުން މޮޅުވި ނަމަވެސް ރާއްޖެއާ އަރާ ހަމައެއް ނުކުރެވޭނެއެވެ. އެހެންކަމުން ބާކީ އެއް މެޗު އޮއްވައި ރާއްޖެއަށް ވަނީ މުބާރާތުގެ ޗެމްޕިއަންކަން ލިބިފައެވެ.

މިއީ 2004 ވަނަ އަހަރު ރާއްޖެއިން ބައިނަލްއަގްވާމީ ފުޓްސަލް ކުޅެން ފެށިފަހުން، 17 އަހަރުގެ ދިގު އިންތިޒާރަކަށްފަހު ހޯދުނު ތާރީޚީ ކާމިޔާބީއެކެވެ. މުބާރާތުގައި ރާއްޖޭގެ ޓީމުން ދެއްކި މޮޅު ކުޅުމާއެކު، ސަރަހައްދީ ފުޓްސަލްގެ ރަސްކަން ރާއްޖެއިން މިވަނީ ހޯދާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޤައުމީ ޓީމު ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މާދަމާރޭ، މަރުޙަބާ ކިއުމަށް ޚާއްސަ ހަރަކާތްތަކެއް

futsal team

ރާއްޖެ އަދި ބޫޓާން ބައްދަލުކުރާ މެޗު، މޮޅުވެއްޖެނަމަ ރާއްޖެއަށް ޗެމްޕިއަންކަން ކަށަވަރުވާނެ

ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ރާއްޖެއިން ބޮޑު ނަތީޖާއަކުން އިންޑިއާ ބަލިކޮށްފި

futsal team

ސާފް ފުޓްސަލް ޗެމްޕިއަންޝިޕް: ރާއްޖެ ތާވަލްގެ އެއްވަނައިގައި

TTH_advertisement