ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އަހަރުގެ މިހާތަނަށް ދެ ކްރޫޒްލައިން، ރާއްޖެއަށް 1056 ފަތުރުވެރިން

މިއަހަރުގެ މިހާތަނަށް ރާއްޖެ އައި ދެ ކްރޫޒްލައިނާއިން 1056 ފަތުރުވެރިން އައިސްފައިވާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވެއްޖެއެވެ.

ރާއްޖެއަށް އެންމެ ފަހުން އައިސްފައިވަނީ ސްރީލަންކާގެ ކޮލަންބޯއިން އައި ކްރޫޒްލައިނާއެކެވެ. މި ކްރޫޒްލައިނާ ރާއްޖެ އައިސްފައިވަނީ ހުކުރު ދުވަހުއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ، އެމްއެސް ކްރިސްޓަލް ސިމްޕަނީ ނަމަކަށް ކިޔާ މި ކްރޫޒްލައިނާއިން ރާއްޖެއަށް 577 ފަތުރުވެރިންނާއި، 496 ފަޅުވެރިން އައިސްފައިވާކަމަށެވެ. އިމިގްރޭޝަނުން ވަނީ މި އެންމެންނަށް ކްލިއަރެންސް ދީފައެވެ.

މި ކްރޫޒްލައިނާ ރާއްޖޭގައި އެއް ދުވަހަށް މަޑުކުރާނެއެވެ. ކްރޫޒްލައިނާއިން އައި ފަތުރުވެރިން ވަނީ މާލެއަށް ފައިބާފައެވެ. މިއީ މިއަހަރު ރާއްޖެ އައި 2 ވަނަ ކްރޫޒްލައިނާއެވެ. ފުރަތަމަ ރާއްޖެއައި ކްރޫޒްލައިނާ ރާއްޖެ އައީ ސޭޝެލްސްއިންނެވެ. މި ކްރޫޒްލައިނާއިން ރާއްޖެއަށް 479 ފަތުރުވެރިންނާއި 491 ފަޅުވެރިން ވަނީ އައިސްފައެވެ.

ރާއްޖެއަށް ދޭތެރެ ދޭތެރެއިން ކްރޫޒްލައިނާތައް އާދެއެވެ. އަދި މި ކްރޫޒްލައިނާތައް މާލެއާއި އަދި އަތޮޅުތެރޭގެ ރަށްރަށަށް މަޑުކޮށް ފަތުރުވެރިންވެސް އެ ރަށްރަށަށް ފައިބައެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 143،000 އަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު %8.3 އިތުރު އަދަދެކެވެ.

ރާއްޖެއަށް މިހާރު އެންމެ ގިނައިން ފަތުރުވެރިން އަންނަނީ ރަޝިއާއިންނެވެ. އެ ޤައުމުން ރާއްޖެއަށް 21،000 އަށްވުރެ ގިނަ ފަތުރުވެރިން ވަނީ އައިސްފައެވެ. 2ވަނައަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ އިޓަލީވިލާތުންނެވެ. އެ ޤައުމުން ރާއްޖެއަށް 16،000 އަށްވުރެ ގިނަ ފަތުރުވެރިން ވަނީ އައިސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Tourists

މިއަހަރުގެ ފުރަތަމަ ދެމަސްދުވަހު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ބައި މިލިއަނުން މައްޗަށް

Oo

މި ރޯދަ މަހުގެ ފަހު ދިހައިގައި އިމިގްރޭޝަނުން ހިދުމަތްދޭނެ ގަޑިތައް އާންމުކޮށްފި

ޤަވާއިދާ ޚިލާފަށް އުޅުނު 2 ބިދޭސީއަކު އިމިގްރޭޝަންގެ ދަށަށް ގެންގޮސްފި

އަންނަ އަހަރުގެ އައިޓީބީ ބާލިންގެ “ހޯސްޓް ކަންޓްރީ” އަކަށް ރާއްޖެ ހަމަޖައްސައިފި