ކުއްލި ޚަބަރު

ބޭންކް އޮފް މޯލްޑިވްސްއިން ވިޔަފާރިތަކަށް ބަލްކް ޕޭމަންޓް ޚިދުމަތް މިހާރު ލިބޭނެ

ސްކޭމްގެ މައްސަލައަކާ ގުޅިގެން ބިދޭސީންތަކެއް ހައްޔަރުކޮށްފި

މަސްދަޅު ކޭސް ބެހުން ބާރަށް ކުރިއަށް، 4000އަށްވުރެ ގިނަ ގޭބިސީއަކުން ނަންބަރު ނަގައިފި

ވޯލްޑް ބޮޑީބޯޑިން ޗެމްޕިއަންޝިޕުގައި ވާދަކުރާ ޤައުމީ ބޮޑީބޯޑިން ޓީމު މޮރޮކޯއަށް ފުރައިފި

މިމަހުގެ 31 އިން އަންނަމަހުގެ 12 ވަނަ ދުވަހަށް މޮރޮކޯގައި ކުރިއަށްދާ ވޯލްޑް ބޮޑީބޯޑިން ޗެމްޕިއަންޝިޕުގައި ވާދަކުރާ ޤައުމީ ބޮޑީބޯޑިން ޓީމު މޮރޮކޯއަށް ފުރައިފިއެވެ.

މިމުބާރާތުގައި ރާއްޖެ ތަމްސީލުކުރާ ފަސް އެތުލީޓުންނަކީ ސީނިއާ ކެޓަގަރީގައި ވާދަކުރާ އުންމީދީ ބޮޑީބޯޑަރު އާމިން އުމަރު މޫސާއާއި، ޢަލީ ޚުޝްރުވާން އަހުމަދާއި، އަޝްރަފް ހަސަނެވެ. މި ކެޓަގަރީގައި ވާދަކުރުމަށް މުޙައްމަދު ކައިފުވެސް މުބާރާތަށް ދާގޮތަށް އޮތް ނަމަވެސް ފަހުވަގުތު ދިމާވި އަނިޔާގެ މައްސަލައަކާއި ގުޅިގެން މުބާރާތާ ވަނީ ވަކިވެފައެވެ.

މިމުބާރާތުގެ ޖޫނިއާ ކެޓަގަރީގައި ވާދަކުރާނީ އުންމީދީ ބޮޑީބޯޑަރު އިޔާން އަހުމަދެވެ. މީގެ އިތުރުން ޓީމުގެ މެނޭޖަރު އަދި ބޮޑީބޯޑިން އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓެރީ ހަސަން ރަޝީދުވެސް ޓީމާއެކު ވަނީ ފުރާފައެވެ.

މުބާރާތަށް ފުރުމުގެ ކުރިން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ހުރެ ސީނިއާ ކެޓަގަރީގައި ރާއްޖެ ތަމްސީލުކުރާ ތަޖުރިބާކާރު ބޮޑީބޯޑަރު ޢަލީ ޚުޝްރުވާން އަހުމަދު ވާހަކަ ދައްކަމުން ބުނެފައި ވަނީ މުބާރާތުން ރަނގަޅު ވަނައަކަށް ކުރެވޭ އުންމީދު ބޮޑުކަމަށެވެ. މި މުބާރާތަކީ ރާއްޖޭގެ ބޮޑީބޯޑިން ޓީމު ރަސްމީގޮތެއްގައި އެކުލަވައިލުމަށްފަހު ޓީމެއްގެ ގޮތުގައި ވާދަކުރާ ބައިނަލްއަޤުވާމީ ފުރަތަމަ މުބާރާތަށްވާއިރު، ދުރާލާ ފަރިތަކުރުންތައް ކުރިޔަށްދިޔަކަމަށާއި މުބާރާތަށް ފުރަނީ ވަރަށް ރަނގަޅަށް ތައްޔާރުވެގެންކަމަށް އޭނާ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު
TTH_advertisement