އިންޑިއާގެ ބެންގަލޫ މަނިޕާލް ހޮސްޕިޓަލްސްއަށް އަލުން އާސަންދައިގެ ހިދުމަތް ދޭން ފަށައިފިއެވެ.
މަނިޕާލް ހޮސްޕިޓަލްސްއަކީ ގިނަ އަދަދެއްގެ ދިވެހިން ސިއްހީ ހިދުމަތް ހޯދަމުންދާ ހޮސްޕިޓަލެކެވެ. އެ ހޮސްޕިޓަލުން އާސަންދަ ހިދުމަތް މެދުކަނޑާލީ ހިދުމަތުގެ އަގު މާ ބޮޑު ކަމަށް ބުނެ، ޖުލައި 2024 ގައެވެ.
އާސަންދަ ކުންފުނީގެ ސީއީއޯ އާމިނަތު ޒީނިޔާ މިއަދު ބައެއް މީޑިއާތަކަަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މަނިޕާލް ހޮސްޕިޓަލަށް އަލުން ހިދުމަތް ދޭން ފަށާފައިވާ ކަމަށެވެ. އެކަމާ ބެހޭގޮތުން އިތުރު ތަފްސީލެއް އޭނާ ދެއްވާފައެއް ނުވެއެވެ.
ނަމަވެސް އެނގިފައިވާ ގޮތުގައި އެ ހޮަސްޕިޓަލަށް އަލުން އާސަންދަ ހިދުމަތް ދޭން ފަށާފައިވަނީ، މަނިޕާލުން ހިދުމަތުގެ އަގު މިހާރު ކުޑަކުރުމުންނެވެ.
އާސަންދައިގެ ހިދުމަތް ލިބޭ ރާއްޖެއިން ބޭރު ތަންތަނުގެ ލިސްޓުގައި ވެސް މަނިޕާލްގެ ހޮސްޕިޓަލްތައް ލިސްޓުކޮށްފައިވަނީ، އެ ހިދުމަތް ލިބޭނެ ތަނެއްގެ ގޮތުގައެވެ.
ކިޔުންތެރިންގެ ހިޔާލު