ކުއްލި ޚަބަރު

ލޯކަލް ޓޫރިޒަމް ކުރިއަރުވަން ސީޕްލޭންގެ ޚިދުމަތް މުހިންމު: އަމީން

ސްޓޭޓް މިނިސްޓަރު ކަމުން މަޖީދު ވަކިކުރައްވައިފި

ނައިބު ރައީސް ފިޔޯރީއަށް ވަޑައިގެންފި

ކެންޑިޑޭސީ ފޯމުތަކަށް ޤާނޫނީ މުއްދަތަށްވުރެ އަވަހަށް ދަނީ ޖަވާބު ދެމުން: އީސީ

election commission

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރަން ހުށަހަޅާ ފޯމުތަކަށް ޖަވާބު ދިނުން ލަސްވަމުންދާކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކޮށް، ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތަށްވުރެ ވެސް އަވަހަށް އެ ފޯމުތަކަށް ޖަވާބު ދެމުން އަންނަ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހާމަކޮށްފިއެވެ.

މިކަން ހާމަކޮށް އީސީން ބަޔާނެއް ނެރެފައިވަނީ، ކެންޑިޑޭޓުންނަށް ވުމަށް އެދި ހުށައަޅާ ފޯމުތައް ޕްރޮސެސްކުރުން ލަސްވާކަމަށް ބުނެ ފެތުރެމުންދާ ވާހަކަތަކަށް ރައްދު ދިނުމުގެ ގޮތުންނެވެ. އެ ކޮމިޝަނުން ފާހަގަކުރި ގޮތުގައި، ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން އިންތިހާބަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ލިޔެކިޔުންތައް ކޮމިޝަނަށް ލިބޭތާ ގިނަވެގެން ފަސް ދުވަހުގެ ތެރޭގައި، އެ ހުށަހެޅުމާ މެދު ނިންމި ގޮތް އަންގަން ޖެހެއެވެ. ނަމަވެސް މިހާރު ކެންޑިޑޭޓުންގެ ފަރާތުން ފޯމުތައް ލިބެމުންދާ ވަރަކުން، ޤާނޫނުގައި އެ ބުނާ ފަސް ދުވަހުގެ މުއްދަތަށްވުރެ މާ ކުރިން ކެންޑިޑޭޓުންނަށް ޖަވާބު ދެމުންދާ ކަމަށް އެ ބަޔާނުގައި ވެއެވެ.

މީގެ އިތުރުން، އީސީގެ ޑޭޓާބޭސްތަކާއި ނިޒާމުތަކުގެ ރައްކާތެރިކަމާ މެދު އުފައްދަމުންދާ ސުވާލުތަކަށްވެސް އެ ކޮމިޝަނުން ވަނީ ޖަވާބުދާރީވެފައެވެ. އެގޮތުން ކޮމިޝަނުގައި ޤާއިމްކޮށްފައިވާ ނިޒާމުތަކަކީ ރައްކާތެރިކަމާއެކު ފަރުމާކުރެވިފައިވާ ނިޒާމުތަކެއް ކަމަށާއި، އެ މަޢުލޫމާތުތަކަށް ވާސިލުވެވޭނީ ހަމައެކަނި ހުއްދަ ލިބިފައިވާ ފަރާތްތަކަށް ކަން ރައްޔިތުންނަށް ކަށަވަރުކޮށްދޭ ކަމަށް އީސީން ބުނެއެވެ.

އެހެންކަމުން، ކޮމިޝަނުން ދެމުންދާ ޚިދުމަތްތަކާ ގުޅޭގޮތުން އާންމުންގެ މެދުގައި ނުތަނަވަސްކަން އުފެދޭ ގޮތަށް، ޙަޤީޤަތާ ޚިލާފު ވާހަކަތައް ނުފެތުރުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޑިމޮކްރެޓްސްގެ ޓިކެޓުގައި ކައުންސިލް އިންތިޚާބަށް ވާދަކުރަން ހުޅުވާލައިފި

އިންތިޚާބާބެހޭ ލަފާދޭ ޤައުމީ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

Election commissioner

ކައުންސިލް އިންތިހާބު ހޮނިހިރު ދުވަހު ހުޅުވާލަނީ

އަތޮޅު ތެރޭގައި ޙަރަކާތްތެރިވާ އޮފިޝަލުން ތަމްރީނު ކުރުމުގެ ޕްރޮގްރާމް ފަށައިފި

TTH_advertisement