ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އަލިފާނުގެ ހާދިސާގައި އަމާން ދޯދި ޓަވަރު އެއްގެ ފެންހޮޅިތަކަށް ގެއްލުން ވެއްޖެ

Amaan

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ތަރައްޤީކޮށްފައިވާ އަމާން ދޯދި ޓަވަރު 1 ހިނގި އަލިފާނުގެ ހާދިސާގައި ފެން ހޮޅިތަކަށް ގެއްލުން ވެއްޖެއެވެ.

މި ހާދިސާ ހިނގާފައިވާނީ އަމާން ދޯދި ޓަވަރު 1 ގެ ގްރައުންޑް ފްލޯގައި އެއްކޮށްފައި ހުރި ކުނިތަކެއްގައި ރޯވެގެންނެވެ. މި ހާދިސާ ރިޕޯޓުކުރުމާއެކު އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސަރވިސްއިން ވަނީ ވަގުތުން ހަރަކާތްތެރިވެ އަލިފާން ނިވާލާފައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާއިރު، މިހާރު އެ ސަރަހައްދު ވަނީ އާންމު ހާލަތަށް ގެނެވިފައެވެ.

މިހާދިސާއާ ގުޅިގެން މި ޓަވަރުގައި ދިރިއުޅޭ ފަރާތްތަކަށް އަންގަންޖެހޭ މަޢުލޫމާތު އެ ކުންފުނީގެ އޮފިޝަލް ވައިބާ ގްރޫޕްތަކުން ވަނީ ހިއްސާކޮށްފައެވެ. އެގޮތުން ޓަވަރުތަކުގެ ބައެެއް ތަންތަނުން ފެނުގެ ހިދުމަތް މެދުކެނޑުނުކަން ވަނީ އަންގާފައެވެ.

“މި ކޯޕަރޭޝަނުން މި ހާދިސާ ހިނގަން މެދުވެރިވި ސަބަބުތައް އިތުރަށް ދެނެގަތުމުގެ މަސައްކަތް  ކުރަމުންދާއިރު،  އަލިފާނުގެ ހާދިސާގެ ސަބަބުން އިމާރާތައް ލިބިފައިވާ ގެއްލުން ދެނެގަނެ ކުރަންޖެހޭ މަރާމާތު ދެނެގަތުމުގެ މަސައްކަތް ވެސް ކުރަމުންދާނެއެވެ،” އެފްޑީސީން ނެރުނު ބަޔާނުގައިވެ އެވެ.

މީގެ އިތުރުން، އިމާރާތުގެ ވެންޓިލޭޝަން ގޮޅިތަކާއި ކުނި އުކާލާ ނިޒާމާ ގުޅޭގޮތުން ސޯޝަލް މީޑިއާގެ ބައެއް ގްރޫޕްތަކުގައި ހަގީގަތާ ހިލާފު މައުލޫމާތު ފަތުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

“އެހެންކަމުން، މިފަދަ ހާދިސާތަކާ ގުޅިގެން ކަށަވަރުނުވާ މައުލޫމާތު ނުފެތުރުމަށާއި، ހުރިހާ ފަރާތްތަކުންވެސް ޒިންމާދާރުކަމާއެކު އަމަލުކުރުމަށް އެދެމެވެ. އަދި އެފްޑީސީގެ އޮފިޝަލް ސޯޝަލްމީޑިޔާ ޕްލެޓްފޯމްތަކުގެ އިތުރުން މި ކޯޕަރޭޝަނުގެ އޮފިޝަލް ވައިބަރ ގްރޫޕްތަކުން ހިއްސާކުރާ މަޢުލޫމާތުތަކަށް ރިޢާޔަތްކުރުން އެދެމެވެ،” އެފްޑީސީން ބުންޏެވެ.

މުސްތަޤުބަލުގައި މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށާއި، ޓަވަރުތަކުގައި ދިރިއުޅޭ އެންމެހާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން، ކުނި އުކާލުމަށް ހާއްސަކުރެވިފައިވާ ސަރަޙައްދު ފިޔަވައި އެހެން ތަންތަނަށް ކުނި އުކާލުމަކީ މަނާކަމެއްކަން އެންމެހައި ފަރާތްތަކުގެ ސަމާލުކަމަށްޓަކައި ތަކުރާރުކޮށް ދަންނަވާ ކަމަށް އެ ބަޔާނުގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

66

ޑައިވިން ދޯނީގައި ރޯވުން: ދޯނި އަޑިއަށް، އެކެއްގެ ފައި ފިހިއްޖެ

66

އައްޑޫ ސިޓީގެ ފޭދޫ ކައިރީގައި އަޅާފައި އޮތް ޑައިވިން ދޯންޏެއްގައި ރޯވެއްޖެ

މާލޭގައި އަލިފާނުގެ ހާދިސާއެއް ހިނގާ ބޮޑެތި ގެއްލުންތަކެއް ވެއްޖެ

767

އައްޑޫ ކުޅީގައި ރޯވި އަލިފާން ސިފައިން ނިއްވާލައިފި