ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދ. އަތޮޅު ހޮސްޕިޓަލްގައި ޑަޔަލިސިސްގެ ޚިދުމަތް ފަށައިފި

Ii

ދ. ކުޑަހުވަދޫގައި ހުންނަ އެއަތޮޅު އަތޮޅު ހޮސްޕިޓަލުގައި ޑަޔަލިސިސްގެ ޚިދުމަތް ފަށައިފިއެވެ.

ކުޑަހުވަދޫގައި ހުންނަ ދ. އަތޮޅު ހޮސްޕިިޓަލުގައި ޑަޔަލިސިސްގެ ޚިދުމަތް ރަސްމީކޮށް ފެށުމަށް އެރަށުގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ރަސްމީކޮށް ޚިދުމަތް އިފްތިތާހުކޮށްދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމެވެ.

ޑަޔަލިސިސްގެ ޚިދުމަތަކަކީ ކިޑްނީ ބަލި ތަހައްމަލު ކުރަމުންދާ މީހުންގެ ތެރެއިން ކިޑްނީ ފަންގްޝަން ވަކިވަރަކަށްވުރެ ދަށްވުމުން ކޮންމެ ހަފްތާއަކުވެސް 2 ނުވަތަ 3 ދުވަހު ހަށިގަނޑުގައި ލޭ ސާފުކުރުމަށް ފޯރުކޮށްދޭ ޚިދުމަތެކެވެ. މި ޚިދުމަތް ހޯދުމުގައި ކޮންމެ ދުވަހަކުވެސް ބަލިމީހުން 4 ގަޑިއިރު ހޭދަކުރަންޖެހެއެވެ.

އެ ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު ނާޒިމް ވިދާޅުވީ ޑަޔަލިސިސްގެ ޚިދުމަތް ފެށިގެން ދިޔުމަކީ ރައްޔިތުންނަށް ލިބިގެން ދިޔަ ވަރަށް ބޮޑު ލުއިފަސޭހަކަމެއްކަމަށެވެ. މީގެ އިތުރުން، މިއީ މި ޚިދުމަތް ހޯދަން ދިގު ދަތުރުކުރުން ނިމުމަކަށް އަންނާނެކަމެއްކަމަށްވެސް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ކުޑަހުވަދުއާ އެކު މިހާރު 11 ރަށެއްގައި ޑައިލިސިސްގެ ޚިދުމަތް ޤާއިމްކޮށްފައިވާ ކަމަށެވެ.

“މި ދެއަހަރު ދުވަހުގެ ތެރޭގައި 11 ރަށެއްގައި މި ޚިދުމަތް މިހާރު މިވަނީ ފޯރުކޮށްދެވިފައި. މިއީ ކިހާބޮޑު ކާމިޔާބީއެއްކަން ތިބޭފުޅުންނަށް ވިސްނާލައްވަން އަޅުގަނޑު ދޫކޮށްލާނަން.” ނާޒިމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Mussss

ސަރުކާރުގެ ބޭސް ކުންފުނިން ބޭސް އެތެރެކޮށް ރަށްރަށް ފޮނުވަން ފަށައިފި

WhatsApp Image 2026 03 05 at 13.42.57

ރާއްޖޭގައި ޝީޝާ މަނާކުރަން ދަނީ މަޝްވަރާކުރަމުން: ނާޒިމް

WhatsApp Image 2026 01 31 at 13.54.42

ބޭންކް އޮފް މޯލްޑިވްސް އިން ކުޑަހުވަދޫގައި އާ ބްރާންޗެއް ހުޅުވައިފި

Ii

ލެބޯޓަރީގެ ޚިދުމަތް ފަށައި ހުޅުދެލީ ސިއްހީ މަރުކަޒުގެ ޚިދުމަތް 16 ގަޑިއިރަށް ބަދަލުކޮށްފި