ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބަނގުރަލުގެ ވިޔަފާރިކުރި ހަތަރު ބިދޭސީއަކު ޑީޕޯޓްކޮށްލަނީ

Izaam

ގަވާއިދާ ހިލާފަށް ބަނގުރަލުގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ހަތަރު މީހަކު މާލެ އިން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އަންގާރަ ދުވަހު ހިންގި އޮޕަރޭޝަންގައި ހައްތަރުކުރީ ސިޕޮން އަލީ، 21، އައި ޖުވެލް ރަނާ، 32، އާއި އެމްޑީ ނަޒްރުލް އިސްލާމް، 20، ގެ އިތުރުން އެމްޑީ އިބްރާހީމް، 22 ކަމަށެވެ.

އެ މީހުން ހައްޔަރުކޮށް، މާލޭ މާފަންނު ގެއެއް ބަލައި ފާސްކުރި އިރު 54 ފުޅި ބަނގުރާ ފެނިފައިވެއެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން، އެ މީހުން ގެންގުޅުނު ސައިކަލު ޓޯކޮށް، ހަތަރު މީހުން ވެސް ޑީޕޯޓު ކުރުމަށް އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށެވެ.

މީގެކުރިން ވެސް ފުލުހުން ވަނީ ޖިނާއީ އެކި ކުށްތަކަށް އަރައިގެންފައިވާ ބިދޭސީންތައް ޑީޕޯޓްކޮށްލަން އިމިގްރޭޝަނާ ހަވާލުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އޭދަފުއްޓަށް މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

police

ފުލުހުން ސްކޭމްތަކާ ދެކޮޅަށް އޮޕަރޭޝަނެއް ފަށައިފި

Mussss

ދީނަށް ފުރައްސާރަކުރި އާމިރު ހޯދައި ނުފެނުނު!

އޮފީސް ޓޭބްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޕޮލިސް ކުލަބު ހޯދައިފި