ކުއްލި ޚަބަރު

ހިޔާ ޓަވަރެއްގައި ރޯވެގެން އިމާރާތުން މީހުން ނެރެފި

ބީއެމްއެލް އިން ތިލަފުށީގައި އޭޓީއެމްގެ ހިދުމަތް ފަށައިފި

ދެކުނުގެ ހަތަރު އަތޮޅު ވައިގެ ދަތުރުފަތުރުން ގުޅާލައިފި

ގާފަރު، ތިމަރަފުށި، އިސްދޫ އަދި މަހިބަދޫވެސް އަތޮޅު ޗެމްޕިއަންކަން ހޯދައިފި

ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގައި ތ. ތިމަރަފުއްޓާއި ކ. ގާފަރު، ލ. އިސްދޫ އަދި އދ. މަހިބަދޫން އަތޮޅު ޗެމްޕިއަންކަން ހޯދައިފިއެވެ.

މުބާރާތުގައި ރޭ ކުޅެފައި ވަނީ ހަތަރު އަތޮޅެއްގެ ފައިނަލް މެޗުތަކެވެ. ލ. އަތޮޅުގެ ފައިނަލް މެޗުގައި އެންމެފަހުގެ ޗެމްޕިއަން އިސްދޫން ތަށި ދިފާއުކުރީ، މިދިޔަ އަހަރުވެސް ފައިނަލުގައި ވާދަކުރި ގަމާ ވާދަކޮށް ޕެނަލްޓީގައެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، 1-1 އިން އެއްވަރުވެފައި އޮތުމުން ޖެހި ޕެނަލްޓީގައި އިސްދޫން މެޗު ކާމިޔާބުކުރީ 7-6 ގެ ނަތީޖާއަކުންނެވެ.

މެޗުގައި ފުރަތަމަ ލީޑު ނެގީ ގަމުންނެވެ. އަހުމަދު އަޖުވަދު ޖެހި ގޯލުން އެޓީމުން ލީޑު ނަގައިގެން ކުޅެމުން ދަނިކޮށް، އިސްދުއަށް އެއްވަރުކޮށްދިނީ އަލީ ހުމޭޒެވެ.

ދެޓީމުންވެސް ޕެނަލްޓީގައި ކާމިޔާބުކޮށް ފެނިފައިވާ އިރު، އިސްދުއަށް ނާކާމިޔާބުވީ ހުމޭޒު ޖެހި ޕެނަލްޓީ އެކަންޏެވެ. އެ ޕެނަލްޓީ ބޭރަށް ދިޔަ އިރު، ގަމުގެ އަލީ ޝާމިސް (ތޮއްޕެ) ޖެހި ޕެނަލްޓީ އަމާޒުވީ މަތީ ދަނޑިއަށެވެ. އަދި އިސްދޫ ކީޕަރު ވިސާމް އަބްދުﷲ ވަނީ ގަމުގެ މުހައްމަދު އަކްމަލް ޖެހި ޕެނަލްޓީ ސޭވްކޮށްފައެވެ.

ލ. އަތޮޅުގެ ޓޮޕް ސްކޯރާގެ މަގާމާއި އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދީ އިސްދޫގެ އަލީ މީސާގު އީސައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގއ. އަތޮޅުގެ ޗެމްޕިއަންކަން ކަނޑުހުޅުދޫއަށް

ކަނޑުހުޅުދޫ އަތޮޅު ސެމީއަށް

ކަނޑުހުޅުދޫ އާއި ދެއްވަދޫވެސް ފެށުން ރަނގަޅު

އޭދަފުށިން ގޯލްޑަންގެ ޗެރިޓީ ޝީލްޑް އުފުލާލައިފި

TTH_advertisement