ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޗޮކްލެޓް ސިރަޕް ފުޅީގައި ޑްރަގް ސަޕްލައިކުރާ ފަރާތާ އަހްމަދު އަލީ ބައްދަލުކުރި: ފުލުހުން

Izaam

ޗޮކްލެޓު ސިރަފް ފުޅިތަކެއްގައި ކަނޑުމަގުން ރާއްޖެއަށް ހަޝިޝް އޮއިލް އެތެރެކުރި މައްސަލައިގައި ހައްޔަރުކޮށްފައިވާ ހއ. ހޯރަފުށީ، ޢާފިޔާ، އަހުމަދު އަލީ އިންޑިއާއަށް ގޮސް، އެ ތަކެތީގެ ސަޕްލަޔަރާ ބައްދަލުކުރި ކަމަށް ފުލުހުން ބުނެފިއެވެ.

ކަސްޓަމްސް އިން އަތުލައިގަތް އެ މަސްތުވާތަކެތީގެ އަގު 30 މިލިއަން ރުފިޔާއަށް އަރައެވެ. އެ މައްސަލާގައި އަހްމަދު އަލީގެ އިތުރުން ހައްޔަރުކުރީ ގދ. ތިނަދޫ، ގޯލްޑަންހައުސް، މުޙައްމަދު އާދިލް (57އ)އެވެ.

ކްރިމިނަލް ކޯޓުގައި އިއްޔެ ބޭއްވި އަހްމަދު އަލީގެ މުއްދަތު މަޖިލީހުގައި ފުލުހުން ބުނީ އޭނާ އިންޑިއާއަށް ގޮސް، އެ ތަކެތީގެ ސަޕްލަޔަރާ ބައްދަލުކުރިކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ.

އެ މައްސަލައިގައި ބައިވެރިވާ މީހުންނާއި އޭނައާ ދެމެދު މުއާމަލާތްކޮށްފައިވާ ކަމަށާއި މި ކަމުގައި އަމަލީ ގޮތުން އޭނާ ބައިވެރިވިކަން ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ދިފާއުގައި އަހްމަދު އަލީ ބުނަނީ އެ ފޮށިގަނޑު ބަލައިދިޔައިރު، އޭގައި ހުރީ ކޯއްޗެއް ކަމެއް އޭނާއަށް ނޭނގޭ ކަމަށެވެ.

އަތެރެކުރި ހަޝިޝް އޮއިލްގެ ޖުމުލަ ބަރުދަން 40 ކިލޯއަށް އަރާކަމަށް ކަސްޓަމްސްއިން ވަނީ ބުނެފައެވެ. ކޮންމެ ފުޅިއެއްގައި 1.10 އާއި 1.14 މިލިލީޓަރާ ދެމެދުގެ މިންވަރަށް ހަޝިޝް އޮއިލް އެތެރެކޮށްފައިވާ ކަމަށް ވެސް ކަސްޓަމުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Mussss

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު މާވަށުން މީހަކު ހައްޔަރުކޮށްފި

އޭދަފުއްޓަށް މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

police

ފުލުހުން ސްކޭމްތަކާ ދެކޮޅަށް އޮޕަރޭޝަނެއް ފަށައިފި

Mussss

ދީނަށް ފުރައްސާރަކުރި އާމިރު ހޯދައި ނުފެނުނު!