ކުއްލި ޚަބަރު

އެމްޕީއެލްގެ ލޭ ހަދިޔާކުރުމުގެ ހަރަކާތް ފަށައިފި

މާލޭގެ ސީއެޗްއެސްއީގެ އާ އިމާރާތް އެޅުމަށް ބަޔަކާ ހަވާލުކޮށްފި

މޯލްޑިވްސް އޯޓިޒަމް ސަޕޯޓް އެންޑް ނިއުރޯ-އިންކްލޫޝަން ޔުނިޓީގެ ބެލެނިވެރިންނާ ރައީސް މުއިއްޒު ބައްދަލުކުރައްވައިފި

ގއ. އަތޮޅުގެ ޗެމްޕިއަންކަން ކަނޑުހުޅުދޫއަށް

މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށް ގެންދާ ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ގއ. އަތޮޅުގެ ޗެމްޕިއަންކަން ކަނޑުހުޅުދޫއިން ހޯދައިފިއެވެ.

މުބާރާތުގެ އަތޮޅު ޗެމްޕިއަންކަން ކަނޑުހުޅުދޫއިން ހޯދީ 0-3 އިން ދެއްވަދޫގެ މައްޗަށް ފައިނަލް މެޗުގައި ކުރިހޯދައިގެންނެވެ.

މެޗުގައި ކަނޑުހުޅުދޫގެ ލަނޑުތައް ޖަހައިދިނީ މުޙައްމަދު ޒައިން ނިޔާޒާއި އިބްރާޙީމް ރައީޝް އަބްދުލް އަޒީޒްގެ އިތުރުން އިސްމާޢީލް އަންވާރެވެ.

މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މުޙައްމަދު ޒައިން ނިޔާޒެވެ.

މުބާރާތުގައި ގއ. އަތޮޅުން ޖުމްލަ 7 ޓީމު ބައިވެރިވެފައިވެއެވެ. އެހެންކަމުން ގްރޫޕް ސްޓޭޖުގެ މެޗުތައް ކުރިއަށް ގެންދިޔައީ ދެ ގުރޫޕަކަށް ބަހާލައިގެން، އެއް ގުރޫޕުގައި ހަތަރު ޓީމު އަދި އަނެއް ގުރޫޕުގައި ތިން ޓީމު ހިމެނޭ ގޮތަށެވެ.

އަތޮޅު ޗެމްޕިއަން ކަނޑުހުޅުދޫ ހިމެނުނީ ހަތަރު ޓީމު ހިމެނޭ ގްރޫޕް އޭގައެވެ. އެ ޓީމުން އަތޮޅު ސެމީއަށް ދަތުރުކުރީ އެ ގުރޫޕުގެ އެއްވަނައިގެ ގޮތުގައެވެ. އަދި ސެމީ ފައިނަލް މެޗުގައި ވިލިނގިލީގެ މައްޗަށް 0-5 އިން ކުރި ހޯދާފައިވެއެވެ.

މުބާރާތުގައި ގއ. އަތޮޅުގެ ޗެމްޕިއަންކަން ކަނޑުހުޅޫދޫ ހޯދިއިރު އެ އަތޮޅުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކަނޑުހުޅުދޫގެ އަހްނާފް ޒާޙިރެވެ. އަތޮޅު ޓޮޕް ސްކޯރާ އަކީ ވެސް އޭނާއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގޯލްޑަން ފުޓްސަލް ޗެލެންޖް ޒޯން 5 ގެ ޗެމްޕިއަންކަން ކުޑަހުވަދޫއަށް

ގާފަރު، ތިމަރަފުށި، އިސްދޫ އަދި މަހިބަދޫވެސް އަތޮޅު ޗެމްޕިއަންކަން ހޯދައިފި

ކަނޑުހުޅުދޫ އަތޮޅު ސެމީއަށް

ކަނޑުހުޅުދޫ އާއި ދެއްވަދޫވެސް ފެށުން ރަނގަޅު

TTH_advertisement