ކުއްލި ޚަބަރު

ބޭންކް އޮފް މޯލްޑިވްސްއިން ވިޔަފާރިތަކަށް ބަލްކް ޕޭމަންޓް ޚިދުމަތް މިހާރު ލިބޭނެ

ސްކޭމްގެ މައްސަލައަކާ ގުޅިގެން ބިދޭސީންތަކެއް ހައްޔަރުކޮށްފި

މަސްދަޅު ކޭސް ބެހުން ބާރަށް ކުރިއަށް، 4000އަށްވުރެ ގިނަ ގޭބިސީއަކުން ނަންބަރު ނަގައިފި

ހދ، އަތޮޅު ކައުންސިލުން މުވައްޒަފުންނަށް ގަވާއިދާ ޚިލާފަށް ދީފައިވާ ފައިސާ ހޯދަން އަންގައިފި

778

ހދ، އަތޮޅު ކައުންސިލުން މުވައްޒަފުންނަށް ގަވާއިދާ ޚިލާފަށް ދީފައިވާ 172،000 އަށް ވުރެ ގިނަ ރުފިޔާ އަނބުރާ ހޯދަން އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ އަންގަވައިފިއެވެ.

އޮޑިޓާ ޖެނެރަލް ނެރުއްވާފައިވާ އޮޑިޓް ރިޕޯޓްގައިވާ ގޮތުން ހދ. އަތޮޅު ކައުންސިލުން ފައިސާ ހަރަދުކުރީ ފުވައްމުލައް ސިޓީ އާއި އައްޑޫ ސިޓީއަށް ދަތުރާއި ފ.އަތޮޅާއި ދ. އަތޮޅުގެ ބައެއް ރަށްތަކަށް ދިއުމަށެވެ. އެ ދަތުރުތަކުގައި ބައިވެރިވީ ކައުންސިލް މެންބަރުންނާއި ސެކްރެޓަރީ ޖެނެރަލާއި މުވައްޒަފުން ހިމެނޭހެން ޖުމްލަ 12 ބޭފުޅުންނެވެ.

އެ ރިޕޯޓްފައިވާ ގޮތުން އެ ދަތުރުތަކުގެ ތެރެއިން އެންމެ ބޮޑު ޚަރަދެއް ކޮށްފައި ވަނީ ތިބުމާއި ކެއުމަށެވެ. އެކަމަށް ޖުމްލަ 209،000ރ. ހަރަދުކޮށްފައިވެއެވެ. އެއީ އައްޑޫ ސިޓީ އަަށާއި ފުވައްމުލައް ސިޓީއަށް ކުރި ދަތުރުގައި ހަރަދުކުރި 105،600ރ. އާއި ފ. އަތޮޅަށާއި ދ.އަތޮޅަށް ކުރި ދަތުރުގައި ހަރަދުކުރި 103،400ރ. އެެވެ.

ކުރި ދަތުރުގެ ޓިކެޓަށް ޖުމްލަ 119,462ރ. ހަރަދުކޮށްފައިވާއިރު، އެކަމުން ހާސިލުވި ނަތީޖާއެއް ނެތް ކަމަށް އޮޑިޓް ރިޕޯޓްގައިވެއެވެ.

ގަވައިދާ ހިލާފަށް ހާޒިރީ އެލަވަންސްގެ ގޮތުގައި ދީފައިވަނީ މަސައްކަތުގެ ވަގުތު ނިމެންދެން މަޑުކުރާ ކޮންމެ ދުވަހަކަށް 50.ރ ގެ ރޭޓުންނެވެ. އެގޮތަށް 172،000 އަށް ވުރެ ގިނަ ރުފިޔާ މުވައްޒަފުންނަށް ދީފައިވާ ކަމަށާއި އެއީ އުސޫލުތަކާ ހިލާފަށް ދީފައިވާ ފައިސާ ކަމަށްވާތީ އެ ފައިސާ އެ މުވައްޒަފުންގެ އަތުން ހޯދުމަށް އޮޑިޓާ ޖެނެރަލް ވަނީ އަންގަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

majilis

އޮޑިޓަރ ޖެނެރަލް އޮފީހަށް އަންނަ އަހަރުގެ ބަޖެޓުގެ ގޮތުގައި 134.2 މިލިޔަން ރުފިޔާ

Mal

ސައީދުގެ ޒައާމަތުގައި އޮޅުވާލައިގެން ބާ ޖަނެރޭޓަރުތަކެއް ގަނެ 17.4 މިލިއަންގެ ބޮޑު ޚިޔާނާތެއް!

1508998150

ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ހުރި ހުރަސްތައް ނައްތާލުމަށް އޮޑިޓް އޮފީހުން އަންގައިފި

ކުރީ ސަރުކާރުން ޔޫމެޓަށް 23 މިލިއަން ރުފިޔާ ދިނީ ކިހިނެއް؟

TTH_advertisement